އާރތުއަވާގެ މުނާސަބާގައި ޚާއްޞަ ޙަރަކާތްތަކެއް ތ.އަތޮޅު މަދަރުސާގައި

357 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ތ.އަތޮޅުމަދަރުސާގައި ދުނިޔޭގެ އާރތުއަވާ ދުވަހުގެ މުނާސަބާގައި ޚާއްސަ ހަރަކާތްތަކެއް ހިނގަމުން ކުރިއަށް އެބަދެއެވެ.

ދުނިޔޭގެ އާތުއަވާ ދުވަހުގެ މުނާސަބާގައި މިއަދު ހެނދުނު 6:00 އިން 7:45 އަށް ތ އަތޮޅުމަދަރުސާގެ ސްކައުޓްކުދިންނާއި ކަބުސްކައުޓްކުދިން ވެގެން ދުނިޔެއަށް ފައިދާ ހުރި ކަމެއް ކުރުމުގެ ގޮތުން ގުރައިދޫގެ އެކިއެކި ސަރަހައްދުގެ ހުރި ޕްލާސްޓިކް ކޮތަޅާއި ފުޅި، އަދި މިނޫސްވެސް ޕްލާސްޓިކާއި ރަބަރު ފަދަތަކެތިވަނީ އެއްކޮއްފައެވެ.
މިދުވަހުގެ މުނާސަބާގައި ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ކަބްސްކައުޓްކުދިންގެ މެދުގައި ވަނީ ބާއްވާފައެވެ.

އިޝްތިހާރު Below Header ad

IMG 4b21f0dc1e0adf035f78942909047c93 V

މިއަދު ހަވީރު 4:00 ގައި ސްކޫލް ގޯތިތެރޭގައި ޕްލާސްޓިކް ފުޅީގައި ގަސްއިންދުމާއި ހަވީރު ޕެރޭޑެއްވެސް އޮވެއެވެ. މި ޕެރޭޑްގައި ހުރިހާ ސްކައުޓް ކުދިންނާއި، ކަބްސްކައުޓް ކުދިން، ހުރިހާ ޓީޗަރުން، އަދި ބެލެނިވެރިން ބައިވެރިވާ ގޮތަށްވަނީ ހަމަޖެހިފައެވެ.
އުނބު ބޭނުން ކޮށްގެން ދަނޑު ދިއްލާލާ އާރތުއަވާގެ މިޚާސަ އިވެންޓް ރޭގަނޑު 8:30 އިން 9:30 ރަށުގެ ބޯޅަދނޑުގައި މިރޭ ކުރިއަށް ދާނެއެވެ.

IMG 4d9e3b0ef640f30f1231f199fe7d007c V

މި އިވެންޓްގައި ރަށުގެ ހުރިހާ ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ދެމުދު ސަރުކާރުގެ ހުރިހާ މުއައްސަސާ އަކުން ކަރަންޓް އޮފް ކޮއްލާނެއެވެ. އަދި ރަށުގެ ހުރިހާ ގެޔަކުން ބޭނުން ނުކުރާ ކަރަންޓް ސާމާނު އޮފް ކޮއްލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުންވެސް ދުވަހާއި ގުޅިގެން ރަށުގެ ރައްޔިތުން ޕްލާސްޓިކް ފަދަ ތަކެތި އެޅުމަށްޓަކައި ސްކޫލްގެ އެކި ސަރަހައްދު ތަކުގައި ބޮޑެތި ޑަސްބިންތައް ބެހެއްޓިފަވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.