ތިއާގޯ ސިލްވާ އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވަނީ ؟!

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ސެންޓަރ ބެކް ތިއާގޯ ސިލްވާ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ގުޅެން އުޅޭކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.

ބުރެޒިލްގެ ގައުމީޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރާ އު މުރުން 32 އަހަރުގެ ތިއާގޯ ސިލްވާ ޔުވެންޓަސްއަށް ބަދަލުވާން އުޅޭކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރެމުން ދާއިރު މި ސީޒަނުގެ ނިޔަލަށް އޭނާ ޕީއެސްގީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2017 ގެ ޖޫންމަހުގެ ނިޔަލަށް ހަމަވާނެއެވެ.

އިޝްތިހާރު Below Header ad

2012 ވަނަ އަހަރު އިޓަލީގެ އޭސީމިލާނުން ޕީއެސްޖީއާ ގުޅުނު ޑިފެންޑަރ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ކުރަން އުޅޭކަމުގެ އަޑުތައްވެސް ކުރިން މީޑިއާގައި ވަނީ ފެތުރިފައެވެ.

ތިއާގޯ ސިލްވާ އަށް ކުރިންސުރެ ފާރަލަމުންގެންދާ ޔުވެންޓަސް އިން ބުނީ އެޓީމުން ތިއާގޯ ސިލްވާ އަށް ވަރަށް ބޮޑަށް ޝައުގުވެރި ވާކަމަށާއި އެހެން ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް އަދި ނުކުރާކަމަށެވެ.

ޔުވެންޓަސްއިން ބުނި ގޮތުގައި އަންނަ އަހަރުގެ ޓްރާންސްފާ މާކެޓް ގައި ސިލްވާ އެޓީމަށް ގެނެވޭތޯ މަސައްކަތް ކުރާނެއެވެ.

ޔުވެންޓަސްއިން ސިލްވ|ެ ހޯދުމުގެ މަސައްކަތަށް ތައްޔާރުވާއިރު ސިލްވާ އަދި މިކަމާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ސިލްވާ ވަނީ މީގެކުރިން އިޓަލީގެ އޭސީމިލާނުގަވެސް ކުޅެ މޮޅުކުޅުމެއް ދައްކާފައެވެ. ސިލްވާ އޭސީމިލާނަށް ކުޅެދީފައިވަނީ 2009 އިން 2012 ވަނަ އަހަރާ ހަމައަށެވެ.

އޭނާ ޕީއެސްޖީއާ ގުޅުނީ 2012 ވަނަ އަހަރުގެ ސީޒަނަށް ފަހުގައެވެ. ސިލްވާ ވަނީ މިހާތަނަށް ޕީއެސްޖީއަށް 106 މެޗު ކުޅެދީ 5 ގޯލްވެސް ޖަހާފައެވެ. އޭނާ އޭސީ މިލާނަށްވެސް 5 ގޯލް ޖަހާދީފައިވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.