މާންދޫ މޮނިޓަރިންއަށް ލައިފި

ހައްދުންމަތި (ލ. އަތޮޅު) މާންދޫ މޮނިޓަރިންގ އަށްލާ، އެރަށަށް އަރައި ފޭބުން މަނާ ކޮށްފި އެވެ.

ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ އެ ކޮމްޕްލެކްސް އިން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން ކަމަށެވެ.

އިޝްތިހާރު Below Header ad

ކޮވިޑުގެ އަލާމާތްތައް ކަމަށް ޝައްކު ކުރެވިގެން މާންދޫގައި މަސައްކަތް ކުރަމުންދާ 8 ފިރިހެނެއްގެ ސާމްޕަލް ރޭ ޓެސްޓު ކޮށްފައިވާ ކަމަށާއި އެ އެންމެންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނަ އިރު ލ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ލ. ގަމާއި އެ އަތޮޅު ފޮނަދޫ އަދި ކައްދޫއާ ކޯޒްވޭއަކުން ގުޅިފައި އޮންނަ މާންދޫއަކީ ހޮރައިޒަން ފިޝަރީޒް މޯލްޑިވްސްއަށް މަސް ފެކްޓަރީ ހިންގުމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.

މާންދޫގެ އިތުރުން މަސް ފެކްޓަރީއެއް ހިންގަމުން އަންނަ ޅ. ފެލިވަރުވެސް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. މިފްކޯއަށް ދޫކޮށްފައި އޮންނަ އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި އޮންނަތާ މާދަމާއަށް މަހެއްވާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.