މަނަދޫ ދާއިރާގެ ގޮނޑި އަލްއުސްތާޛު ޙުސްނީ މުބާރިކް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި !
އިއްޔެ ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ނ. މަނަދޫ ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އަލްއުސްތާޛު ޙުސްނީ މުބާރިކް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.
މަނަދޫ ދާއިރާއަށް ކުރިމަތި ލައްވާފައިވަނީ ޖުމްލަ4 ކެނޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަޙްމަދު ހާރުން އާއި، އެމްޑީއޭގެ ފަރާތުން ވާދަކުރެއްވި އަބްދުލް ވާސިޢު ޢަބްދުﷲ އާއި، ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ޢާއިޝަތު އިބްރާހީމް އާއި، ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އުސްތާޛު ޙުސްނީ މުބާރިކް އެވެ.
ހުސްނީއާއި އެންމެ ކައިރިން ވާދަ ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަޙްމަދު ހާރޫނެވެ. އޭނާއަށް ލިބިފަޑައިގަތީ563 ވޯޓެވެ. ޙުސްނީއަށް ލިބިވަޑައިގެންނެވީ1157 ވޯޓެވެ. މިއީ594 ވޯޓުގެ ތަފާތެވެ. މީގެ އިތުރުން ޢަބްދުލް ވާސިޢު އަށް373 ވޯޓު ލިބިވަޑައިގެންނެވި އިރު ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ޢާއިޝަތު އިބްރާހީމަށް ލިބިވަޑައިގަތީ79 ވޯޓެވެ.
މަނަދޫ ދާއިރާގައި ހިމެނެނީ މަނަދޫ، ލަންދޫ އަދި މާފަރެވެ. އުސްތާޛު ޙުސްނީ މުބާރިކަކީ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ އަހަރުތަކެއްގެ ރަޖުރިބާ ލިބިވަޑައިގެންފައިވާ ޤާނޫނީ ވަކީލެކެވެ. ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައި ޙުސްނީގެ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓުގައި ޙުސްނީ ވިދާޅުވެފައި ވަނީ،
މަނަދޫ ދާއިރާއިން އަޅުގަނޑަށް އިތުބާރު ކުރައްވާ ވޯޓުދެއްވެވި ހުރިހާ ފަރާތްތަކަށް ހިތުގެ ފުންމިނުން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ތިޔަ ރައްޔިތުން މިދާއިރާއާއި މި ޤައުމުގެ ޙައްޤުގައި މިއަދު ތިޔަ ދެއްވި ވޯޓު ގެއްލިގެން ނުދާނެކަމުގެ ފުރިހަމަ ޔަޤީންކަށް އަރުވަން. އަޅުގަނޑުމެން މިކުރަމުންގެންދާ އިޞްލާހީ މަސައްކަތުގައި ތިޔަ ރައްޔިތުންގެ ދައުރު ފުޅާކޮށް އިންސާފާއި ހަމަހަމަކާއި ހަމަޖެހުމުގެ މަގަށް ޑރ މުޙައްމަދު މުޢިއްޒުގެ މި ވެރިކަމުގައި މި ދިވެހިރާއްޖެ ގެންދިއުމަށް އަޅުގަނޑާއި މި ސަރުކާރުގެ ފަހަތުގައި ސާބިތުވެ ތިއްބަވާ.އަޅުގަނޑުމެން ދަތުރު މިފަށަނީ ދިވެހީންގެ ރާއްޖެއަށް ދިއުމަށް.
ކަމަށެވެ.