މިހަފްތާ ބަނދު ގައި އަލް އަސްރު ރ. ކިނޮޅަހަށް

މުޅި ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި އަލް ޢަސްރުގެ ފަރާތުން ކުރާ މަސައްކަތުގެ ތެރެއިން މި ހަފްތާ ބަންދުގައިވެސް ޕްރޮގްރާމްތަކެއް އެބޭފުޅުންވަނީ ރާވާފައެވެ.

އެގޮތުން ރ.ކިނޮޅަހުގައި ވޯރކްޝޮޕަކާއި އޮޑެސީ އޮފް ދައުވާ ގެ ދަތުރެއް އދ.ހަންޏާމީދޫ އަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު Below Header ad

ރ.ކިނޮޅަސް ކައުންސިލާއި އަލް ޢަސްރާއި ގުޅިގެން ޖެނަވަރީ 28-27 ގައި ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ވޯރކްޝޮފަކީ 2 ދުވަހުގެ ވޯރކްޝޮޕެކެވެ. މި ވޯރކްޝޮޕަށް ހާއްސަ ކުރެވިފައިވާ މަޢުޟޫއަކީ ކެރިއަރ ގައިޑަންސް އެވެ.

އަދި މި ޕްރޮގްރާމްގައި ގަޑިތައް ނަންގަވައި ދެއްވާނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއާއި، މޯލްޑިވްސް ޕޮލިޓެކް އަދި ވިލާ ކޮލެޖްގެ ލެކްޗަރަރ އިންނެވެ. އެގޮތުން އައްޝެއިހް އަލީ ޒާހިރް (ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސްގެ ޑީން) އާއި ނިޝާމް އަންވަރު އަދި ހަސަން ކަލާމް މި ވޯރކްޝޮޕްގައި ކިޔަވާ ދެއްވާނެއެވެ.

އދ.ހަންޏާމީދޫގައި ރޭވިފައިވާ އޮޑެސީ އޮފް ދައުވާ ދަތުރުގައި އަލް ޢަސްރުގެ ޓީމާ އެކު ބައިވެރިވެ ވަޑައިގަންނަވާނީ އައްޝެއިހް ޢަބްދުއްރަޙީމް އެވެ. ޖެނުވަރީ 28-26 އަށް ކުރިއަށް ގެންދާ މިދަތުރުގައި އެ ރަށުގެ މިސްކިތްތަކުގަ ކުރު ދަރުސް ދެއްވުމާއި ރަށު ސްކޫލްގެ ދަރިވަރުންނާ އައްޝެއިހް ޢަބްދުއްރަޙީމް ބައްދަލުކުރައްވާނެއެވެ. އަދި “ކޮފީ ވިތު ޝެއިޙް” ގެ ސެޝަނެއް ވެސް ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ.

މި ފަދަ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ރަށްރަށުގައި ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަލް ޢަސްރުގެ ފޯން ނަންބަރ 7925277 އަށް ގުޅުއްވައިގެން އެ ރަށެއްގައި ޕްރޮގްރާމްތައް ރޭވުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އަލް ޢަސްރުގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.