މިރޭގެ “29މިނިޓް”ގައި “ނިޤާބު”

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ދީނީގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ބާއްވާ ” 29މިނިޓް” މިޕްރޮގްރާމްގެ މިރޭގެ މައުޟޫޢުއަކީ “ނިޤާބު”އެވެ.

މިއީ މިހާރު އަޅުގަނޑުމެންގެ މުޖްތަމަޢުގައި ވަރަށް ބޭނުންތެރި ގިނަބަޔަކަށް މި މައުޟޫޢުގެ މަުލޫމާތު ވަރަށް ފުރިހަމައަށް އެގެންޖެހޭ މައުޟޫއެއްކަން ފާހަގަ ކުރެވެއެވެ. މިހާރު ސޯސިއަލް މީޑިއާގައިވެސް އެންމެ ބާރު ދުވެއްޔެއްގައި ހުޅެނީ މިވާހަކައެވެ. ސަބަބު ތަކެއް ނެތިއެއްވެސް ނޫނެވެ.

އިޝްތިހާރު Below Header ad

މިރޭގެ މި ޕްރޮގްރާމުން ގިނަބައެއްގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ދީނީ ގޮތުން މިމައުޟޫޢުގައި ކޮންމެހެން އޮޅުން ފިލަން ޖެހޭ ގިނަ މައުލޫމާތުތަކެއް އޮޅުން ފިލާނެކަމަށް އުންމީދު ކުރެވެއެވެ.

އަލް އަޚް ޢަލީ ރަމީޒު ހުށަހަޅާއިދެއްވާ “29 މިނިޓް” މިރޭގެ ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު އެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ” 29މިނިޓް” ޕްރޮގްރާމަކީ ފަހަކަށް އައިސް ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޕްރޮގްރާމެކެވެ.

މިރޭގެ ޕްރޮގްރާމްވެސް ފެށުމަށް ހަމަޖެހިފައިވަނީ 10:30ގައެވެ.

މިޕްރޮގްރާމް ޖަމްޢިއްޔަތުއްސަލަފްގެ ފޭސްބުކް ޕޭޖުންނާއި ސަލަފް ރޭޑިއޯގެ އިތުރުން ވޮއިސް އޮފް އެޓޯލް ( އެޓޯލް ނިއުސް) ސައިޓުންވެސް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.