ކޮބާ ކިހިނެތް؟ މިދާގޮތް ރަނގަޅު ؟

 

މަގުމަތިން ދިމާވާ ކޮންމެ މީހަކުހެން ކަހަލަ ގޮތަކަށް އަހާ އުޅޭނެ ސުވާލަކީ “ކޮބާ ކިހިނެއް ހެއްޔެ؟ ….. މިދާގޮތް ރަނގަޅުހެއްޔެ؟ ” ގިނަމީހުން އުއްމީދު ކުރާކަހަލަ “ހިތްގައިމު” ދުނިޔެއެއް މިއަދަކު ފެންނާކަށްނެތެވެ.

އިޝްތިހާރު Below Header ad

ވެރިކަންތަކާއި ، ވިޔާފާރިތަކުންފެށިގެންގޮސް، އުނގުވިޔާފާރިތަކާއި ނޯކިރީކޮށްލަދިނުމަށް ދާންދެންވަނީ މުޅިން އާޞަފްހާތަކެއް ލިޔަންފަށާފައެވެ. މިކަން މިގޮތަށް ބަދަލުވެފައިވަނީ ދުނިޔޭގެ ހުރިހާ ހިސާބަކުންނެވެ.

މެދުއުމުރަށް ނުގޮސް ހުންނަ ކޮންމެމީހަކަށް ދުނިޔެ ފެންނަފަދައަކުން ދޮށީ އުމުރު ނުވަތަ މެދުއުމުރު ގުނަމުންދާ މީހަކަށް ނުފެންނަކަން އަހަރެމެން އެންމެނަށް އިޙްސާސް ކުރެވެއެވެ.

އިންސާނާގެ ވިސްނުމުގެ އިތުރަށް ކަންކަމާއިމެދު ގޮތްނިންމާ އެނިންމުންތައްކަނޑައެޅުމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ އެއްކަމަކީ ތިމާއުޅެބޮޑުވި ނުވަތަ ދަސްކުރި މާހައުލުގައި ހުންނަކަންތައްތަކެވެ. ހަނިވިސްނުމާއި ފިކުރަކީ ހުޅުވިފައިނުވާ މާހައުލުތަކަށް އުފަންވެ ބޮޑުވެފައިވާ ކޮންމެމީހަކަށްމެ ފެންނަ އޭނާގެ ވިސްނުމުގެ އެންމެދުރެވެ.

އަބަދުވެސް ތިމާގެ ވިސްނުމާއި ތިމާއަށް ފެންނަ ގޮތަކީ ހެޔޮ އަދި މޮޅު ގޮތް ކަމަށް ދެކޭ ގިނަމީހުންތަކެއް ނުވަތަ އެފަދަ ސަގާފަތެއް ފެތުރިފައި މި އޮންނަނީ ހަރުކަށި އުސޫލުތަކާއި ސުލޫކުތައް އަށަގަންފައިވާ މުޖްތަމަޢުތަކުގައި އެކަންޏެއްނޫނެވެ.

ކޮބާ ކިހިނެތް ؟ މިދާގޮތް ރަނގަޅުހެއްޔެ ؟ ( މިއީ ސިޔާސީ ސުވާލެކެވެ.)

ހުރިހާކަމެއްހެން ދަނީ އޭގެ އެންމެ ހަލުވި މިނުގައި ރަނގަޅަށެވެ. ރަނގަޅެވެ.  ( ކަންކަމާއި މެދު ހިތްހަމަ ޖެހިފައި ނުވަތަ އަނެކުންނަށް އޭނާ ހިތްހަމަ ޖެހިގެންހުރިކަން އެންގުމަށް ބުނެ އުޅޭ ބަހެއް)

ދެން އެކަހަލަ މިކަހަލަ ގޮތެކެވެ. ( ކޮންމެސް ހާސްކަމެއް ނުވަތަ މުހުތާދެއް ޖެހިގެން ހުރި ކަހަލަ މާނައެއް ދޭހަވާ ޖަވާބެއް)

ކިހިނެތް ރަނގަޅުވާނީ …. ( ފިކުރާއި ހިޔާލު އޮތީ މުޅިންވެސް ދަނީ ގޯސް ކޮށް ކަމުގައި ކަންދޭހަވާ މާނައެއް)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.