އަލް ޢަޞްރުގެ “އޮޑެސީ އޮފް ދައުވާ” ޓީމް ތ.ބުރުނީއަށް

“އޮޑެސީ އޮފް ދައުވާ” އަކީ އަލް އަޞްރުގެ ފަރާތުން ދީނީ އަދި އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި ރަށްރަށުގެ ކައުންސިލް އަދި ޖަމިއްޔާ ތަކާ ގުޅިގެން އެ ރަށްރަށުގައި ތަފާތު ހަރަކާތްތަކަކާ އެކު ކުރިއަށް ގެންދާ ދަތުރު ތަކެކެވެ.

އަލް އަޞްރުގެ ފަރާތުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ހަފްތާ ބަންދުގައި އަލް ޢަސްރުގެ ޓީމް ތ.ބުރުނީ އަށް ފުރާނެއެވެ. އެ ރަށު ކައުންސިލާ ގުޅިގެން އަލް ޢަސްރުގެ އެކި ޕްރޮގްރާމްތައް އެރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރެޔާއި ހުކުރު ދުވަހުގެ ރޭ ރަށުގެ ރައްޔިތުންނަށް ދަރުސް ދިނުމަށްވަނީ ރޭވިފައެވެ.

އިޝްތިހާރު Below Header ad

މިގޮތުން “ހަޔާތުގެ މަޤްސަދު” މި މައުލޫގެ މައްޗަށް ދަރުސް ދެއްވާނެ އެވެ. އޭގެ އިތުރުން “ކޮފީ ވިތު ޝެއިހް”ގެ އިވެންޓެއްވެސް ކުރިއަށް ގެންދާނެ ކަމަށް އެބޭފުޅުން މައުލޫމާތު ދެއްވި އެވެ.

އަލް ޢަސްރުގެ ޓީމާ އެކު މި ދަތުރުގައި ބައިވެރިވެ ލައްވަނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިހް ޑރ.އާދަމް ޝަމީމް އާއި ކުރީގެ މަޝްހޫރު ލަވަކިޔުން ތެރިޔާ މޫސާ ޝިފާއު އަދި އަލް ޢަސްރު ޕަބްލިކޭޝަންސް ގެ ކޯޑިނޭޓަރ އަސްޢަދު ޝަރީފް އެވެ.

ތ.ބުރުނީގެ ކިޔަވާ ދަރިވަރުންނާ ޝެއިހް ބައްދަލު ކުރެއްވުމާއި އަދި މޫސާ ޝިފާއު ގެ ހާއްޞަ ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށް ގެންދާގޮތަށް ވަނީ ރޭވިފައެވެ. އަދި ބެލެނިވެރިންނަށް ހާއްސަކޮށްގެން ދަރިން ތަރުބިއްޔަތު ކުރުމާ ބެހޭ ވޯރކްޝޮޕެއްވެސް ހޮނިހިރު ދުވަހަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް އަލް ޢަސްރުގެ ޓީމުން މައުލޫމާތު ދެއްވިއެވެ.

މި ފަދަ ޕްރޮގްރާމްތަކަށް ޝައުގުވެރިވެ ލައްވާނަމަ 7925277 ގުޅާލައްވައިގެން އަލް ޢަސްރާއި އެކު ޕްރޮގްރާމްތައް ރޭވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެބޭފުޅުން ދެންނެވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.