ގުއެޓެމަލާ ބޮއިކޮޓް ކުރާނަން -ޕީ.އެލް.އޯ-

އަރަބި އަދި މުސްލިމް ގައުމު ތަކުން ގުއެޓެމަލާ ބޮއިކޮޓް ކުރާނެ ކަމަށް ޕަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ) އިން ހާމަ ކުރައްވައިފިއެވެ.

ގުއެޓެމަލާ ބޮއިކޮޓް ކުރުމާ ވަރަށް ގާތް ކަމަށް އެ ޖައްމިޔާއިން ހާމަ ކޮއްފައިވަނީ ގުއެޓެމަލާ ގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް އިއުލާން ކުރުމުންނެވެ.
ފަލަސްތީނާއި ގުޅުން ބާއްވާނީ އެގައުމުގެ އަމާން ކަމާއި ހިތްހަމަޖެހުމަށް މަސައްކަތްކޮށް ހިތްވަރު ދޭ ފަރާތްތަކާ ކަމަށް ޕީ.އެލް.އޯ އިން ވަނީ ގޮވާލާފައެވެ.

އިޝްތިހާރު Below Header ad

ގުއެޓެމަލާއިން އަހަރެއްގެ މައްޗަށް 300 މިލިއަން ޑޮލަރުގެ ކާފޫރު ތޮޅި އަރަބި ގައުމުތަކަށް ފޯރު ކޮއްދޭއިރު ބޮއިކޮޓް ކޮއްފިނަމަ ނޭދެވޭ އަސަރުތައް ގުއެޓެމަލާގެ ކާފޫރުތޮޅި ހައްދާ 45000 ފަރާތަކަށް ކުރާނޭ ކަން އެގައުމުގެ ކުރީގެ ނައިބު ރައީސްވަނީ ފާހަގަ ކޮއްފައެވެ.

(ޕީ.އެލް.އޯ)އިން ހާމަކުރި ގޮތުގައި ގުޓެމަލާގެ އެކްސްޕޯޓް އެސޯސިއޭޝަންގެ ފަރާތުންވަނީ އެގައުމުގެ ބޭރުގެ ގުޅުންތަކާއި ބެހޭ ވުޒާރާއަށް ގުދުސްއަށް އެމްބަސީ ބަދަލުކުރުމުގެ ނިންމުން އަނބުރާ ގެންނެވުމަށް ގޮވާލާ ސިޓީއެއްވެސް ފޮނުވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.