އުފާވެރި ޒަވާޖީ ޙަޔާތް (2)

އުފާވެރި ޒަވާޖީ ޙަޔާތް (1)

އަލް އިސްރާ ސޫރަތުގެ 32ވަނަ އާޔަތުގައި އެކަލާންގެ ވަޙީ ކުރައްވަނީ ﴿وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلً﴾ (الاسراء: 32) މާނައީ: ”އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.“

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކަންމިހެން އޮތްއިރު ޒިނޭކުރުމާ އެކީއެކަށް ދުރުވާ ބަޔަކުކަމުގައި މުސްލިމުން ވާންވާނެއެވެ. މިއުއްމަތުގެ ނަބިއްޔާﷺ ގެ އަރިއަހަށް، ޒިނޭ ކުރުމުގެ އިޒްނަޔަކަށްއެދި ޒުވާނަކު އައިހިނދު އެކަލޭގެފާނު ދެއްވި ޖަވާބަކީ، ބުއްދީގެ ނަޒަރިއްޔާއިން ޒިނޭގެ ނުބައިކަން ވިސްނައިގަތުމަށް އޮތް ފިލާވަޅެކެވެ. އަބޫ އުމާމާގެ ކިބައިން އިމާމް އަޙްމަދު ރިވާކުރަށްވާ, އެކަލޭގެފާނުގެ މުސްނަދުގައި ލިޔުއްވާފައިވެއެވެ. روى أحمد في مسنده عَنْ أَبِي أُمَامَةَ قَالَ: إِنَّ فَتًى شَابًّا أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللَّهِ، ائْذَنْ لِي بِالزِّنَا، ހަމަކަށަވަރުން ޒުވާނަކުު ރަސޫލުﷲ ﷺގެ އަރިއަހަށް އައިސް އެބަ ސުވާލު ކުރެތެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންނާއަށް ޒިނޭކުރުމުގެ ހުއްދަ ދެވިދާނެތޯއެވެ؟ فَأَقْبَلَ الْقَوْمُ عَلَيْهِ فَزَجَرُوهُ وَقَالُوا: مَهْ. مَهْ. އެހިނދު، އިތުރު އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭކަލުން އެކަލޭގެ ވަށާލާ ނުރުހުންތެރިކަން ފާޅުކޮށް ހުއްޓާލާށޭ! ހުއްޓާލާށޭ! ގޮވަންފަށައިފިއެވެ. فَقَالَ: «ادْنُهْ، فَدَنَا مِنْهُ قَرِيبًا» އެހެނަސް އިތުރު އެކަލޭގެފާނު އޭނާއަށް އިތުރު އެކަލޭގެފާނުގެ އަރިއަހަށް އައުމަށް ދެންނެވިއެވެ، قَالَ: اجلس އަދި އިށީނުމަށް އޭނާއަށް ދެންނެވިއެވެ.
فَجَلَسَ قَالَ: «أَتُحِبُّهُ لِأُمِّكَ؟» ދެންފަހެ، އޭނާ އެތަނުގައި އިށީނުމުން އޭނާއަށް ޙަދީޘްފުޅު ކުރެއްވިއެވެ. ”ތިބާގެ މަންމައާއެކު (އެހެންމީހަކު) ޒިނޭކުރަން ތިބާރުހެމު ހެއްޔެވެ.“
قَالَ: لَا. وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ. އޭނާ ބުންޏެވެ. ”ނޫން، ﷲގަންދީ ބުނަން، ތިމަންގެ އަމިއްލަ ނަފްސު ކަލޭގެފާނަށްޓަކައި ފިދާކުރަމެވެ.“
قَالَ: «وَلَا النَّاسُ يُحِبُّونَهُ لِأُمَّهَاتِهِم ْ». އިތުރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ”މީސްތަކުން އެބައިމީހުންގެ މަންމައިންނަކަށްވެސް އެގޮތެއް ނޭދޭނެއެވެ.“
قَالَ: «أَفَتُحِبُّهُ لِابْنَتِكَ؟» އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވިއެވެ. ”ތިބާގެ އަންހެން ދަރިޔާއެކު (އެހެންމީހަކު) ޒިނޭކުރަން ތިބާރުހެމު ހެއްޔެވެ.“
قَالَ: لَا. وَاللَّهِ يَا رَسُولَ اللَّهِ جَعَلَنِي اللَّهُ فِدَاءَكَ. އޭނާ ބުންޏެވެ. ”ނޫން، ﷲގަންދީ ބުނަން، އޭ ﷲގެ ރަސޫލާއެވެ! ތިމަންގެ އަމިއްލަ ނަފްސު ކަލޭގެފާނަށްޓަކައި ފިދާކުރަމެވެ.“
قَالَ: «وَلَا النَّاسُ يُحِبُّونَهُ لِبَنَاتِهِمْ». އިތުރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ”މީސްތަކުން އެބައިމީހުންގެ ދަރިންނަކަށްވެސް އެގޮތެއް ނޭދޭނެއެވެ.“
قَالَ: «أَفَتُحِبُّهُ لِأُخْتِكَ؟» އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވިއެވެ. ”ތިބާގެ ދައްތައާއެކު (އެހެންމީހަކު) ޒިނޭކުރަން ތިބާރުހެމު ހެއްޔެވެ.“
قَالَ: لَا. وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ. އޭނާ ބުންޏެވެ. ”ނޫން، ﷲގަންދީ ބުނަން، ތިމަންގެ އަމިއްލަ ނަފްސު ކަލޭގެފާނަށްޓަކައި ފިދާކުރަމެވެ.“
قَالَ: «وَلَا النَّاسُ يُحِبُّونَهُ لِأَخَوَاتِهِمْ ». އިތުރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ”މީސްތަކުން އެބައިމީހުންގެ ދައްތައިންނަކަށްވެސް އެގޮތެއް ނޭދޭނެއެވެ.“
قَالَ: «أَفَتُحِبُّهُ لِعَمَّتِكَ؟» އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވިއެވެ. ”ތިބާގެ ބައްޕަ ފަރާތު ބޮޑުދައިތައާއެކު (އެހެންމީހަކު) ޒިނޭކުރަން ތިބާރުހެމު ހެއްޔެވެ.“
قَالَ: لَا. وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ. އޭނާ ބުންޏެވެ. ”ނޫން، ﷲގަންދީ ބުނަން، ތިމަންގެ އަމިއްލަ ނަފްސު ކަލޭގެފާނަށްޓަކައި ފިދާކުރަމެވެ.“
قَالَ: «وَلَا النَّاسُ يُحِبُّونَهُ لِعَمَّاتِهِمْ». އިތުރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ”މީސްތަކުން އެބައިމީހުންގެ ބައްޕަ ފަރާތު ބޮޑުދައިތައިންނަކަށްވެސް އެގޮތެއް ނޭދޭނެއެވެ.“
قَالَ: «أَفَتُحِبُّهُ لِخَالَتِكَ؟» އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވިއެވެ. ”ތިބާގެ މަންމަ ފަރާތު ބޮޑުދައިތައާއެކު (އެހެންމީހަކު) ޒިނޭކުރަން ތިބާރުހެމު ހެއްޔެވެ.“
قَالَ: لَا. وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ. އޭނާ ބުންޏެވެ. ”ނޫން، ﷲގަންދީ ބުނަން، ތިމަންގެ އަމިއްލަ ނަފްސު ކަލޭގެފާނަށްޓަކައި ފިދާކުރަމެވެ.“
قَالَ: «وَلَا النَّاسُ يُحِبُّونَهُ لِخَالَاتِهِمْ». އިތުރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ”މީސްތަކުން އެބައިމީހުންގެ މަންމަ ފަރާތު ބޮޑުދައިތައިންނަކަށްވެސް އެގޮތެއް ނޭދޭނެއެވެ.“
فَوَضَعَ يَدَهُ عَلَيْهِ وَقَالَ: «اللَّهُمَّ اغْفِرْ ذَنْبَهُ وَطَهِّرْ قَلْبَهُ، وَحَصِّنْ فَرْجَهُ» ދެން އިތުރު އެކަލޭގެފާނު އޭނާގެ ގައިގައި އަތްޕުޅު ބޭއްވުމަށްފަހު އޭނާއަށް ދުޢާކޮށްދެއްވިއެވެ. ”އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ! އޭނާގެ ފާފަފުއްސަވާނދޭވެ! އަދި އޭނާގެ ހިތް ސާފުކޮށްދެއްވާނދޭވެ! އަދި އޭނާގެ ލަދުވެތި ގުނަވަން ރައްކާތެރިކޮށްދެއްވާނދޭވެ!
فَلَمْ يَكُنْ بَعْدُ ذَلِكَ الْفَتَى يَلْتَفِتُ إِلَى شَيْء، وهذا هو التعليم عن طريق الحوار. އޭގެފަހުން އެޒުވާނާ އެފަދަ ހަޑިމުޑުދާރު ޢަމަލަކަށް ލޯބިކުރާކަމުގައި ނުވެއެވެ.

މި އިރުޝާދުން އިނގިގެން މިދިޔައީ އަންހެނަކާއެކު ބަދުއަޚުލާޤީ ޢަމަލެއް ހިންގަން އޭނާގެ އެއްވެސް ޙަވާލުދާރީއަކު ނޭދޭނެ ކަމެވެ. އަދި އެފަދަ ޢަމަލެއް ހިނގައިފިނަމަ، އެކަމުގެ އުނދަގުލާ ތުރާ ޢާއިލާގެ ތެރޭގައި އޮންނާނެކަމެވެ. އެހެންކަމުން ތިބާގެ ޙަޔާތް އުފާވެރިވާން އެދޭނަމަ އެހެންމީހެއްގެ ޙަޔާތް ހިތާމަވެރި ވާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

-ނުނިމޭ-

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.