ގްރީން ޓީ އަކީ ކޯވިޑް-19ގެ ފަރުވާއަކަށް ވެދާނެކަމުގެ ހެކިތަކެއް ފެނިއްޖެ!
އާންމުކޮށް އެންމެންނަށް ގްރީން ޓީ އާއި ގުޅޭ ގޮތުން އެނގެނީ އެއީ ހިކެއް ނުވަތަ ބަރުދަން ލުއި ކުރުމަށާއި ހިތުގެ ބަލިތަކާއި ހާޓް އެޓޭކުން ދުރުކޮށްދޭ ހާއްސަ ބުއިމެއް ކަމެވެ.
މިފަހަރު ދިރާސާއެއްގެ ފުރަތަމަ ބުރުގައި ދައްކާފައި މިވަނީ ގްރީން ޓީގެ ސަބަބުން ކޯވިޑް-19 އަށް ފަރުވާއެއް ލިބިދާނެ ކަމަށެވެ. މި ދިރާސާ ހަދަމުން ދަނީ އިނގިރޭސިވިލާތުގެ ސްވާންސީ ޔުނިވާސިޓީ އެކަޑަމީންނެވެ.
ޖާނަލްގައި މި ދިރާސާ އާއި ގުޅޭގޮތުން ބުނެފައިވަނީ ގްރީން ޓީއަކީ ސީދާ ކޯވިޑްގެ ފަރުވާއެއް ކަމަށް ކަނޑައަޅަން އަދި މާ އަވަސް ކަމަށެވެ. އެކަމަކު އެފަދަ އަލާމާތްތަކެއް ދިރާސާއިން ފެންނަމުންދާ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ގްރީން ޓީގައި އެކުލެވޭ ފަތްޕިލާވެލީގެ ގިނަ ބާވަތްތަކެއް އެއްކޮށްގެން ކޯވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ގާބިލްކަން ހުރި ބާވަތެއް ދެނެގަތުމަށް ކުރެވުނު ދިރާސާތަކުގައި އެއް ކަމެއް ފާހަގަ ކުރެވިފައިވާ ކަމަށް އެ ޓީމުން ބުނެފައިވެ އެވެ. އެއީ ގްރީން ޓީ ހަދަން ބޭނުން ކޮށްފައިވާ ބާވަތެއް ކަަމަށްވާ އެޕިގެލޯކެޓަކިންއިން ދިފާއި ނިޒާމު ބަލިކަށި ނުވާނެ ގޮތެއް ވަމުންދާ ކަމަށެވެ.
އެ ޓީމުން މިހާރު ގަބޫލު ކުރާގޮތުގައި އެޕިގެލޯކެޓަކިން ބޭނުން ކޮށްގެން ކޯވިޑާއި ދެކޮޅު ބޭހެއް ހެދުމުގެ މަސައްކަތް ކުރަން ޖެހެ އެވެ. އަދި އެކަން ކާމިޔާބު ވާނެ ކަމަށް ގަބޫލު ކުރެ އެވެ.
އަދި މިފަދަ ބާވަތަކުން ބޭހެއް ހެދިއްޖެ ނަމަ އެ ބޭހެއް ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ދިގު މުއްދަތަކަށް އިތުރު ތަހުލީލުތަކެއް ކުރާކަށް މަޑު ކުރަން ނުޖެހޭނެ ކަމަށް ބުނެ އެވެ.
މީގެ އިތުރުން އެޕިގެލޯކެޓަކިން ބޭނުން ކޮށްގެން ބޭހެއް ހަދައި އެ ބޭހަކީ ކާމިޔާބު އެއްޗަކަށް ވެއްޖެ ނަމަ އޭގެ މާނައަކީ ގްރީން ޓީ އަކީ ކޯވިޑްގެ ފަރުވާއެއް ކަމަށް ބުނެފައިވެ އެވެ.
މިހާތަނަށް ކޯވިޑާއި ދެކޮޅަށް ބޭހެއް އުފެއްދިފައެއް ނުވެ އެވެ. މުޅިންވެސް ބޭނުން ކުރަމުން ދަނީ ވެކްސިނެވެ.