ޓޯކިއޯގައި ބާއްވާ އޮލިމްޕިކްސްގައި ބެޑްމިންޓަން އިވެންޓުގެ ޓެކްނިކަލް އޮފިޝަލުންގެ ތެރޭގައި ޝިހާމް!

ޓޯކިއޯގައި ބާއްވާ އޮލިމްޕިކްސްގައި ބެޑްމިންޓަން އިވެންޓުގެ ޓެކްނިކަލް އޮފިޝަލުންގެ ތެރޭގައި އަހްމަދު ޝިހާމް (ޕުޗު) ހިމަނައިފި އެވެ.

އަންނަ ޖުލައިމަހު ޖަޕާނުގައި ފަށާ ޓޯކިއޯ އޮލިމްޕިކްސް ގައި ޕުޗު ބައިވެރިވަނީ ބެޑްމިންޓަން ވަރލްޑް ފެޑެރޭޝަނުގެ ފަރާތުން އޮލިމްޕިކްސް އަށް ކަނޑައަޅާފައިވާ 20 ޓެކްނިކަލް އޮފިޝަލުންގެ ތެރޭގަ އެވެ.

އިޝްތިހާރު Below Header ad

ރާއްޖޭގައި ބާއްވާ މުބާރާތްތަކުގައި ވެސް އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވެ، ޒުވާނުންނަށް ނަމޫނާ ދައްކަމުން އަންނަ އަހްމަދު ޝިހާމް (ޕުޗު) ވަނީ 2017 ވަނަ އަހަރު ސްކޮޓްލޭންޑުގައި ބޭއްވި ބެޑްމިންޓަން ވަރލްޑް ޗެމްޕިއަންޝިޕްގައި ވެސް އޮފިޝަލްކަން ކޮށްފަ އެވެ. އަދި ވިއެޓްނާމްގައި 2017 ވަނަ އަހަރު ބޭއްވި ހެނޯއީ އިންޓަރނޭޝަނަލް ޗެލެންޖުގައި އޭނާ ވަނީ އޮފިޝަލްކަން ކޮށްފަ އެވެ.

Puchu 3

މި ޝަރަފާގުޅިގެން އެޓޯލް ނިއުސް އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އަހްމަދު ޝިހާމް ވިދާޅުވީ މިފަދަ ފުރުސަތެއް ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް ކަމަށެވެ.

‘ޚާއްސަކޮށް އޮލިމްޕިކްސް ރެާއްޖެ ތަމްސީލު ކުރަން ފުރުސަތު ލިބުނީމަ ވަރަށް އުފާވެއްޖެ. މިއީ ވަރަށް އުއްމީދު ކުރި ޗާންސެއް. އަބަދުވެސް ވިސްނުން ހުރޭ އަހަންނަަށް ވީ ވަރަކުން ބެޑްމިންޓަންގަ ރާއްޖެއަށް ރީތިނަން ހޯދައިދޭން.” ޝިހާމް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެދާއިރާއިން ކުރިއަށް ދިއުމުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އަހްމަދު ނާޝިދު ވެދެއްވަމުން ގެންދަވާ އެހީތެރިކަން ހިތުގެ އެންމެ ފުންމިނުން ފާހަގަކުރާ ކަމަށެވެ.

“ހަގީގަތުގަ މޫސަގެ އެހީތެރިކަން މިކަމުގަ ވަރަށް ބޮޑަށް ލިބޭ. އެ އެހީތެރިކަމާ ނުލައި މިހާހިސާބަށް ނާދެވުނީސްކަން ޔަގީން. އެހެންވެ، މޫސައަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން ބޭނުން.” ޝިހާމް ވިދާޅުވި އެެވެ.

Puchu 1

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަމްޕަޔަރު، ޕުޗު އޮލިމްޕިކްސްގައި ބެޑްމިންޓަން އިވެންޓުގައި އޮފިޝިއޭޓް ކުރާ އިރު، 2016 ވަނަ އަހަރުގެ ރިއޯ އޮލިމްޕިކްސް ގައި އަލީ އަބްދުލް ކަރީމް (ޒޯލާ) ވެސް ވަނީ މި ޝަރަފު ހޯދާފަ އެވެ.

އަންނަ މަހުގެ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައިވަނީ ބެޑްމިންޓަނުން ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ) އާއި ސްވިމިންގ އައިޝަތު ޝައުސަން އާއި އަލީ އިމްއާން އަށެވެ. އެތުލެޓިކްސް އިން ވާދަކުރާ އެތުލީޓު ހޮވާނީ ޓައިމް ޓްރަޔަލްސްތައް ބޭއްވުމަށް ފަހު އެވެ.

Puch 4

ނަބާ ގެ އިތުރުން 2012 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ކުރިއަށްދިޔަ ލަންޑަން އޮލިމްޕިކްސްގައި މުހައްމަދު އަޖުފާން ވެސް ވަނީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ.

ނަބާ އަކީ މި ކުޅިވަރުން ރާއްޖެ ތަމްސީލުކުރާ ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ.

އޮލިމްޕިކްސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 23 އިން އޮގަސްޓް 8 ވަަނަ ދުވަހަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.