ޓެއިލާ ސްވިފްޓްގެ އަލްބަމް “ރެޑް” ނޮވެމްބަރު މަހު ނެރެނީ!
މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓްގެ އަލްބަމް “ރެޑް” ނޮވެމްބަރު މަހު ނެރެން ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.
ޓެއިލާރ ސްވިފްޓް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ އަލްބަމް ރެޑް ނެރޭނީ އަންނަ ނޮވެމްބަރު މަހު ކަމަށެވެ. އަދި އެ އަލްބަމުގައި 30 ލަވަ ހިމެނޭއިރު، އޭގެ ތެރެއިން އެއް ލަވަ 10 މިނެޓަށް ދިގުވާނެ ކަމަށެވެ.
ފަހަކަށް އައިސް ޓެއިލާ އަންނަނީ ކުރިން ރެކޯޑްކޮށްފައި ހުރި އަލްބަމްތައް އަލުން ރިލީޒް ކުރަމުން ނެވެ. އެގޮތުން “ފިއާލެސް” ވަނީ އަލުން ރިލީޒްކޮށްފަ އެވެ.
ރެޑް ފުރަތަމަ ރިލީޒް ކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. މި އަލްބަމްގެ ލަވަތައް ބިލްބޯޑް ހޮޓް 100 ގައި ވެސް ހިމެނިފައިވެ އެވެ.
ބެސްޓް ކަންޓްރީ އަލްބަމް އަދި އަލްބަމް އޮފް ދަ އިޔާ 2014 ގްރެމީ އެވޯޑަށް ވެސް ރެޑް ވަނީ ނޮމިނޭޓް ވެފަ އެވެ.
The next album that I’ll be releasing is my version of Red, which will be out on November 19. This will be the first time you hear all 30 songs that were meant to go on Red. And hey, one of them is even ten minutes long🧣 https://t.co/FOBLS5aHpS pic.twitter.com/6zWa64Owgp
— Taylor Swift (@taylorswift13) June 18, 2021