ޔޫރޯ 2020: އިންގްލެންޑާއި ކްރޮއޭޝިއާ ގަދަ 16 އަށް

ޔޫރޯ 2020 ގެ ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އިންގްލެންޑާއި ކްރޮއޭޝިއާ ގަދަ16 ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ރޭ ޗެކްރިޕަބްލިކް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އިންގްލެންޑް ދެވަނަ ބުރަށް ދަތުރުކުރީ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކްރޮއޭޝިއާ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

އިޝްތިހާރު Below Header ad

ރޭ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ ޗެކް ރިޕަބްލިކް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ޗެކްރިޕަބްލިކާއި ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑުން މޮޅު ކުޅުމެއް ދެއްކިއިރު، އެމެޗުގައި ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުން ކާމިޔާބު ކުރީ ޖެކް ގްރީލިޝްގެ އެހީތެރިކަމާއި އެކު ރަހީމް ސްޓާލިންއެވެ.

މި މޮޅާއެކު އިންގްލެންޑަށް ގްރޫޕުގެ އެއްވަނަ ލިބުނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިގެންނެވެ. މެޗުން ބަލިވެ ޗެކް ރިޕަބްލިކަށް ތިންވަނައަށް ދިޔަ ނަމަވެސް، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނި އެ ޓީމުވެސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މީގެ އިތުރުން ދެވަނަ ބުރަށް ކްރޮއޭޝިއާ ދަތުރުކުރީ ރޭ ކުޅުނު މެޗުން ސްކޮޓްލެންޑް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އެއާއެކު ކްރޮއޭޝިއާއަށް ވަނީ ގްރޫޕުގެ ދެވަނަ ލިބިފައެވެ.

މި މޮޅާއެކު ގްރޫޕުގެ ދެވަނަަ ޓީމުގެ ގޮތުގައި ކްރޮއޭޝިއާ ދެވަނަ ބުރަށް ދަތުރުކުރިއިރު، އެ ޓީމަށް ލިބިފައިވަނީ ޗެކް ރިޕަބްލިކާ އެއްވަރަށް ހަތަރު ޕޮއިންޓެވެ. ކްރޮއޭޝިއާއަށް ކުރި ލިބުނީ ފައިދާ ގޯލުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.