ބުއްދިވެރިކަމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި: ޚުތުބާ

ބުއްދިއަކީ ރިޒުގު ދެއްވާ ފަދައިން އެކިވަރުވަރަށް އެކި އިންސާނުންނަށް ﷲ ދެއްވާ މަތިވެރި ނިޢުމަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ ބުއްދީގެ ނިޢުމަތަކީ އިންސާނާއަށް ﷲ ދެއްވާފައިވާ އެންމެމަތިވެރި ނިޢުމަތް ކަމަށެވެ. އަދި ބުއްދިވެރިކަން ލިބިގެންވާ މީހާގެ އެތައްކަމެއް ފުރިހަމަވެގެންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ބުއްދިވެރިކަމެއް ނެތް މީހާއާއި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ނުހިފާ މީހާގެ އެތައް ކަމެއް އުނިވެގެންވާ ކަަމަށާއި ބުއްދިވެރިކަމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

“ބުއްދިއަކީ ﷲ ވޮޑިގެންވާ ކަމުގެ މަތިވެރި ދަލީލެއް. ފާޅުވެގެންވާ ހުއްޖަތެއް. ބުއްދީގެ ނިޢުމަތާއިމެދު ވިސްނާ، ފިކުރު ކުރުމަށް މާތްﷲ އިންސާނިއްޔަތަށް ގޮވައިލައްވާފައިވޭ. އެއީ ﷲ ގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ރަމްޒުކޮށްދޭ ނިޝާނެއް ކަމުގައި ވީތީ.” ޚުތުބާގައި ބުނެފައި ވެއެވެ.

ޚުތުބާގައި ބުނީ އިންސާނުން އެކި ރޮނގުތަކުން ކުރިއަރައި ގޮސް، މީގެކުރިން ދެކިފައިނުވާ ޢިލްމީ ޢާލަމެއް އިންސާނުން ދެކެމުން މިދަނީ ބުއްދީގެ އަލީގައިކަން ކަށަވަރު ކަމަށެވެ. އަދުގެ ދުނިޔެ ދެކެމުން މިދާ އަޖައިބުން ފުރިގެންވާ ޢިލްމީ ވަސީލަތްތައް އުފެއްދީ ނިކަމެތި އިންސާނާގެ ބުއްދި ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބުއްދިވެރިކަމާއިނުލާ ދީންވެރިކަމެއް ނެތް ކަމަށާއި ދީންވެރިކަމާއިނުލާ ލަދުވެތިކަމެއް ނެތް ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ. އަދި އެއީ އިންސާނާގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކޮށްދޭ މާތް ސިފަތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދިއަކީ އެމީހާގެ މައްޗަށް ހުރި ވަބާއެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.