ފިއުލް ސަޕްލައި މޯލްޑިވްސްއިން އިތުރު 4 ބާޖު ގެންނަނީ!

ފިއުލް ސަޕްލައި މޯލްޑިވްސްއިން އިތުރު 4 ބާޖު ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިއީ ތެޔޮ ފޯރުކޮށްދިނުން އިތުރަށް ފުޅާކުރުމުގެ ގޮތުން ގެންނަ ބާޖު ތަކެއް ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ގަސަމް އާ ހަވާލާދީ ރާއްޖޭގެ ނޫސްތަކުގައި ބުނެފައިވަނީ ތެޔޮ ސަޕްލައި ކުރާނެ އުޅަނދުތައް ނެތުމުން އެ ކުންފުންޏަށް ދަތިތަކާ ކުރިމަތިވަމުން އަންނަކަމަށެވެ. އެހެންވެ، އެ އުނދަގުލުން ސަލާމަތްވުމަށް 4 ބާޖު ބަންނަން ހަވާލު ކޮށްފައިވާ ކަމަށެވެ.

މި އުޅަނދުތައް މި އަހަރުގެ ފަހުކޮޅު ޚިދުމަތަށް ނެރެވޭ ވަރުވާނެ ކަމަށާއި ބާޖުތައް ބަނުމުގެ މަސައްކަތް ކުރަނީ މިސްރުގެ ކުންފުންޏަކާ ހަވާލު ކޮށްގެން ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް ޕެންޑެމިކާ ގުޅިގެން ލަސްވީ ކަމަށާއި ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރު ހިސާބު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

ތެޔޮ ބޯޓުތަކުން ރަށްރަށަށް ތެޔޮ އުފުލުމަށް ބޭނުންކުރަނީ ބާޖުތަކެވެ. އެފްއެސްއެމްގައި މިހާރު ގާތްގަނޑަކަށް 18 ބާޖު އޮވެއެވެ.

އެފްއެސްއެމުން ވަނީ މިއަހަރުގެ ކުރީކޮޅު އެކުންފުނީގެ ފްލީޓަށް ތެޔޮ ބޯޓެއްވެސް އިތުރުކޮށްފަ އެވެ. މި ބޯޓު ނުވަތަ ތެޔޮ ޓޭންކަރަކީ 8.5 މިލިއަން ލީޓަރުގެ ތެޔޮ އުފުލުމުގެ ޤާބިލްކަން ހުރި ބޯޓެކެވެ. މިއާއެކު އެކުންފުނީގެ މަދަރ ވެސަލްތަކުގެ އަދަދުވަނީ 5 އަށް އަރާފައެވެ.

ގަސަމް ވިދާޅުވީ އެ ކުންފުނީގެ މިހާރުގެ އަމާޒަކީ ތެޔޮ އަޅަން ޒަމާނީ ފެންވަރުގެ ޝެޑެއް މާލޭގައި ހެދުން ކަމަށާއި އެ މަސައްކަތް ތިން މަސް ތެރޭ ފެށޭނެ ކަމަށެވެ.

“އެކަމަށް އެޕްއެސްއެމް ބަޖެޓް ކޮށްގެން ދަނީ، ނަމަވެސް އެފަދަ ޒަމާނީ ޝެޑެއް އަަޅަން ބެލިއިރު ޝެޑާ ގުޅޭ ގޮތުން ހަދާފައި ހުރި ގަވައިދުތައް ތަނެއް ނުދޭ މިފަދަތަނެއް ހަދާކަށް. އެހެންވެ ފުރަތަމަ ޖެހުނީ އެމްއެންޑީއެފްއާ ވާހަކަ ދައްކައިގެން ގަވައިދު ބަދަލު ކުރަން،” ގަސަމް ވިދާޅުވި އެވެ.

2000 ވަނަ އަހަރު އުފެއްދި އެފްއެސްއެމްއަކީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަމުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.