އިންޑިއާއިން މޮރިޝަސްގެ ރަށެއްގައި ސިއްރުން އަސްކަރީ މަރުކަޒެއް ހަދާ ކަމަށް އަލް ޖަޒީރާއިން ބުނެފި
އިންޑިއާއިން މޮރިޝަސްގެ އަގަލޭގައި ސިއްރު އަސްކަރީ މަރުކަޒެއް ހަދާ ކަމަށް ބައިނަލްއަގުވާމީ ނިއުސް އެޖެންސީ އަލްޖަޒީރާއިން ބުނެފި އެވެ.
“އަލް ޖަޒީރާ އިންވެސްޓިގޭޝަންސް” ކޮށްފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އިންވެސްޓިގޭޓިވް ރިޕޯޓުގައި ބުނެފައިވަނީ އިންޑިއާއިން އެ ރަށުގައި އަސްކަރީ ވަރުގަދަ މަރުކަޒެއް ތަރައްގީ ކުރަމުންދާ ކަމަށެވެ. އެގޮތުން އެތަނުގައި ބޮޑު އެއާޕޯޓަކާއި މީހުންނަށް ދިރިއުޅެވޭނެހެން އިމާރާތްތަކެއް ހަދަމުންދާ ކަމަށް ބުނެ އެވެ.
އަލްޖަޒްރީއާއިން ވަނީ އެމީހުންގެ ތަހުގީގީ ރިޕޯޓު ހެދުމަށް ލިބުނު ސެޓެލައިޓް ފޮޓޯތަކާއި މާލީ މުއާމަލާތްތައް ބެލުުމުގެ އިތުރުން އެހެން ގޮތްގޮތުން ހޯދާފައިވާ ހެކިތަކަށް ދައްކާފައި އެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ތިން ކިލޯމީޓަރުގެ ރަންވޭއަކާއި އިމާރާތްތަކެއްގެ އިތުރުން ބޮޑު ދެ ބަނދަރު ހަދަމުންދާ ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ އަސްކަރީ ބޭނުމަށް ނޫން ގޮތުގައި އެ ރަށުގައި އެހާ ބޮޑު ރަންވޭއަކާއި ފްލައިޓު ބާކު ކުރާ ސަރަހައްދެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެއީ އަގަލޭއަކީ އެންމެ300 މީހުންގެ އާބާދީއަކަށްވެފައި އެމީހުންނަށް އެކަށީގެންވާ800 މީޓަރުގެ ރަންވޭއެއް މިހާރުވެސް އެ ރަށުގައި އޮތުމުންނެވެ.
މިދިޔަ ދެ އަހަރުގެ ތެރޭގައި އެގަލޭގާ ތަރައްގީކުރަން އިންޑިއާއިން ގެންދިޔަ އެތައް ސަތޭކަ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ވެސް އެ ރަށުގައި ދިރިއުޅެމުންދާ ކަމަށް އަލްޖަޒީރާއިން ބުނެފައިވެ އެވެ. އަދި މި މަޝްރޫއުތަކާއި ގުޅިގެން އެ ރަށުގެ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކައިފަ އެވެ.
އެ ރަށުގައި އިންޑިއާ އިން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އިންޑިއާ ސަރުކާރާއި މޮރިޝަސް ސަރުކާރާ ދެމެދު 2015 ވަނަ އަހަރު ގާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމަކީ މޮރިޝަސްގެ މައި ރަށްރަށާއި ދުރުގައި އޮންނަ ރަށްތަކާ ގުޅުވާލެވޭނެ އުމްރާނީ ވަސީލަތްތައް ގާއިމްކުރުމާއި މިހާރު ހުރި ވަސީލަތްތައް ވަރުގަދަ ކުރުމަށް ހެދި އެއްބަސްވުމެކެވެ.
އަގަލޭގާގައި ކަނޑުގެ ސިފައިންގެ ބޭސްއެއް އަޅާ ވާހަކައަކީ 2018 ވަނަ އަހަރުން ފެށިގެން ދައްކަމުން ދިޔަ ވާހަކައެކެވެ. އެކަމަކު މޮރިޝަސް އަދި އިންޑިއާގެ ސަރުކާރުން އެ ވާހަކަތައް ދޮގުކޮށްފަ ވާއިރު އަލްޖަޒީރާއިން ހިންގި ތަހުގީގުން ލިބުނު މައުލޫމާތަށް ދެ ގައުމުން ދޮގު ކޮށްފައިވާ ކަމަށެވެ.
ބައެއް ތަޖުރިބާކާރުންނާއި ހަވާލާދީ އަލްޖަޒީރާގެ ރިޕޯޓުގައި ބުނެފައިވަނީ އިންޑިއާއިން އެ ރަށުގައި އަސްކަރީ ބޭސްއެއް ހަދަނީ ޗައިނާގެ ނުފޫޒު އިންޑިއާ ކަނޑުގައި ގަދަވިޔަ ނުދިނުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.
ނަސީބެއްނު އެމީހުން ގެއެއްގެ ހަޑަސްބުރީގަ އަސްކަރީ މަރުކަޒެއް ނެހެދިކަން