ޖާބިރު ކިނބިގަސްދޮށުގެއަށް ގެއްލުން ދިން މައްސަލަ ބަލަނީ
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މއ. ކިނބިގަސްދޮށުގެއަށް ގެއްލުންދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅު ކަމުގައިވާ ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުން ދިނީ މައުމޫން އޭނާ އަތުން ނަގާފައިވާ ލޯނު ނުދައްކަވާ ކަމަށް ބުނެ އެވެ. ޖާބިރު ވިދާޅުވަނީ އެ ލޯނު ނަގާފައިވަނީ ކިނބިގަސްދޮށުގެ ރަހުނު ކުރުމަށް ފަހުގައި ކަމަށެވެ.
ފުލުހުން މިރޭ ބުނީ އެ ގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.އެހެންވެ އެ މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.
ޖާބިރު އެގޭ ކައިރިއަށް ވަޑައިގެން މިއަދު ވަނީ ބަޔާނެއްް ދެއްވުމަށްފަހު ވަރަށް ހިތްޕުޅުހަމަޖެހިވަޑައި ނުގަތް ހުންނަވާ އެގޭ ފާރާއި ދޮރުއައްޓަށް އަރާފައި އޮތް ވެޔޮގަނޑަކަށް ދަމާފަ އެވެ. އިތުރު ގެއްލުމެއް ދިން ކަމެއް ނޭނގެ އެވެ.
ޖާބިރު އެތާ ހުންނަވައި ވިދާޅުވީ އޭނާ ހުރީ އެ ގެއާއި ހަވާލުވެވަޑައިގެން ކަމަށެވެ. އެހެން ކަންތައް ކުރެއްވީ ޝަރުއީ ދާއިރާއިން އޭނާއަށް އެ މައްސަލައިގަ އިންސާﷲު ނުލިބުމުން އަމިއްލައަށް އިންސާފުު ހޯދުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު މައުމޫނަށް ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ހޯއްދަވަން މައުމޫނާއި ދެކޮޅަށް ޖާބިރު ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހެޅުއްވިއެވެ. އެކަމަކު، ޖާބިރު ކުރެއްވި އެ ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ.