އެެމެރިކާއިން ލުބުނާނަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ގޮތުގައި ދެނީ
ލުބުނާނަށް100 މިލިއަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ދޭން ނިންމާފައިވާ ކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާނު ކުރައްވައިފި އެވެ.
އެމެރިކާއިން މިކަން ހާމަ ކުރީ ބެލަރޫސްގެ ޕޯޓުގައި ބާރުގަދަ އެއްޗެއް ގޮވިތާ އަހަރެއްވުން މިއަދު ފާހަގަ ކުރަމުންދާއިރު ބޭއްވި ޑޯނާސް ކޮންފަރެންސްގައި އެވެ.
ރައީސް ބައިޑަން ވިދާޅުވީ މި ފައިސާއަކީ އެގައުމުގެ އިންސާނީ ވަސީލަތްތައް ވަރުގަދަ ކުރުމަށް އެހީވެދިނުމުގެ ގޮތުން ދޭ ފައިސާއެއް ކަމަށެވެ.
މި ފައިސާއިން ހަރަދު ކުރާނީ ލުބުނާނު ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް ވިދާޅުވި އެވެ.
ބައިޑަން ވިދާޅުވީ ލުބުނާނުގައި ސިޔާސީ މައިދާނުގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އިތުރުވެފައި ވުމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ގިނަ ހިދުމަތްތަކެއް ނުލިބި އެބަހުރި ކަމަށެވެ.