މަސްއޫދަށް ދަގަނޑުބުރިއަކުން ހަމަލާދިން މިހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ދަގަނޑުބުރިއަކުން ހަމަލާދިން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ލ. ފޮނަދޫގައި ދިރިއުޅުއްވާ މަސްއޫދަށް ހަމަލާ ދިނީ އަނބިކަނބަލުންނާއި އެކު ސައިކަލުގައި ވަޑައިގެންނަވަނިކޮށް އިއްޔެރޭ9:00 ހާއިރު އެވެ. މި މައްސަލައިގަ ހަމަ އެރޭ ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މިއަދު ފުލުހުން ބުނީ އެމީހާގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިދީފައިވާ ކަމަށެވެ. މުއްދަތު އިތުރުކޮށްދިނީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.

އެ މައްސަލައިގަ ފުލުހުން ހައްޔަރު ކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހާ ދަގަނޑުބުރިން ހަމަލާ ދިނުމުގެ ސަބަބުން35 އަހަރުގެ މީހަކަށް އަނިޔާވެގެން ފޮނަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.