އެމް ޓީސީސީ އިން ހދ. ނެއްލައިދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު އައު ކުރުމުގެ މަސައްކަތް ފަށައިފި
އެމް ޓި ސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހދ.ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު އައު ކުރުމަށްޓަކައި މިހާރު ހުރި ބައުވެ ހަލާކުވެފައިވާ ވަށާފާރު ނަގައި އައު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހދ.ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު އައު ކުރުމުގެ މަސައްކަތް އެމްޓިސީސީ އާއި ޙަވާލުވެފައިވަނީ 30 އެޕްރީލް 2021 ގައެވެ.
އެމްޓިސީސީއަކީ އެކުންފުނީގެ ޢިޖްތިމާޢީ ޒިންމާގެ ދަށުން ރާއްޖޭގެ ވަރަށްގިނަ ކަންކޮލުތަކުގައި ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުން އަންނަ ކުންފުންޏޭކެވެ.