ރައީސް ނަޝީދު އެމެރިކާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމެރިކާގެ ވޮޝިންގޓަނަށް ފުރާވަޑައިގެންފިއެވެ.

މަޖިލިސް އިދާރާ އިން ބުނީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދަތުރުފުޅަަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާއި ގުޅިގެން ބާއްވާ ވަލްނަރަބަލް 20 (ވީ 20) ގެ މާލީ ވާޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދ

އެ ބައްދަލުވުން ކުރިޔަށްދާނީ މިމަހުގެ 12 އިން ފެށިގެން 17 އާއި ހަމައަށް ކަމަށެވެ.

އެގޮތުން މިފަހަރު އެ ބައްދަލުވުމުގެ ޝިއާރަކީ “ޕްރޮމް އަކްރާ ޓު މަރަކެޝް: އެޑްވޮކޭޓިންގ ފިޓް-ފޯރ-ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް ޑިވެލޮޕްމެންޓް-ޕޮޒިޓިވް ކްލައިމެޓް އެކްޝަން” އެވެ.

އެ ބައްދަލުވުމުގައި ވަލްނަރަބަލް ޓްވެންޓީ (ވީ 20) ގްރޫޕްގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ މިނިސްޓަރ ފޮރ ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިންގ އެޗް.އީ ކެނެތް އޮފޯރީ އަޓާ ވަނީ ހާއްސަ ދައުވަތުގެ ސިޓީފުޅެއް ރައީސް ނަޝީދަށް ފޮނުއްވާފައެވެ.

އެހެންކަމުން އެ ދަތުރުފުޅުގައި ރައީސް ވަނީ އައިއެމްއެފް އާއި ވާރލްޑް ބޭންކް އަދި ސީވީއެފް ގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.