ބަސް ދަތުރުގެ ނިޒާމުން ކުރެވުނު އިޙްސާސް

ހެނދުނުގެ ވަގުތެކެވެ .ދަރިފުޅު ގޮވައިގެން އަހަރެން ގެއިން ނުކުމެގެން މިސްރާބުޖެހީ ދަރިފުޅު ޤްރުޢާން ކުލާހަށް ގެންދާންށެވެ.

ނަސީބު ދިމާކުރި ގޮތުން އަހަރެމެންނަށް ދެވުނީ، ބަސް އައިސް ،ބަސްހުއްޓި އަށް މަޑުކޮއްލި ވަގުތަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ދަރިފުޅު ކުލާހަށް ވަގުތަށް ގެންދެވުމުން ވަރަށް އުފާވިއެވެ. ސަބަބުތައް ވަރަށް ގިނައެވެ . އެހާވަގުތު ކުޑަތަން ވުމުންވެސް ބަހަށް އަރައިގެން ގަޑި ނުޖެހި ދެވުމުންނެވެ. الحمد لله އެވެ . އަހަރެން އުފާވި އަނެއް ސަބަބަކީ ، އަބަދު ވެސް އެއްވަގުތަކަށް އެބަސް ހުއްޓިއަށް އަންނަ އުޅަނދެއްކަން އަހަރެންނަން ފާހަގަ ވުމެވެ.

އާއެކެވެ! ބަހުގެ ޚިދުމަތް ތަޢާރަފުވުމުން އުފާކުރި އެއްއިންސާނަކީ އަހަރެންކަމުގައި ވުމަކީ ދޮގަކަށް ނުވާނެއެވެ. ނަމަވެސް ބައެއް ދުވަސް ދުވަހު ދެރަވާ ފަހަރުވެސް އާދެއެވެ. ހަމަ އެހެންމެ ރުޅިއަންނަ ފަރަރުވެސް ދެއެވެ.

އާރުޓީއެލް އެޕްލިކޭޝަނުން ބަސްއޮންނަ ބަސްޓޮޕް އެނގެ އެވެ. އަދި ބަހުގެ މިސްރާބުވެސް އެނގެން ހުރެއެވެ. މިއީ ޒަމާނީ ވަޞީލަތްތައް ތަޢާރަފުވުމުން އަހަރެމެންގެ މިކުޑަކުޑަ މުޖުތަމަޢަށް އައި ހެޔޮބަދަލެއްކަމުގައި އަހަރެން ދެކެމުއެވެ . ނަމަވެސް އަހަރެމެންގެ ތެރޭގައި އެފަދަ ވަޞީލަތްތައް ބޭނުން ނުކުރާ މީހުންވެސް މަދެއް ނުވާނެކަން ޔަޤީނެވެ. އަދި ހަމަ އެއާއި އެކު، ވަގުތައް ބަސް ނައުމުގެ މައްސަލަ ވެސް ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

އެދުވަހު އެއް ގަޑިއިރު ފަހުން ދަރިފުޅު ކުލާހުން ނެރެގެން އަނެއްކާވެސް ބަސްހުއްޓިއާ ދިމާލަށް މިސްރާބު ޖެހީމެވެ. އޭރު އުޑުމަތި އޮތީ ބަނަކޮށެވެ. ބަސްހުއްޓިއަށް ދެވުނީ ހަމަ ކިރިޔާއެވެ. ވާރޭ ވެހެން ފަށައިފިއެވެ. މަޖީދީމަގަށް ބަލައިލުމުން ވެސް މީހުންގެ ހަރަކާތްތައް އަވަސްވެ ހަލަބޮލިވެފައިވާ މިންވަރު ފާހަގަ ވިއެވެ. ކޮންމެ މީހަކުވެސް ބަލަމުން ދިޔައީ، އެމީހެއްގެ މަންޒިލަށް ނުތެމި ދެވޭތޯ އެވެ. ދެތިންމީހަކު ސައިކަލުގައި ކޮންމެވެސް އަސްކެންޏެއްގެ ނިވަލުގައި މަޑުކޮއްލައިގެން ތިއްބެވެ.

ބަރާބަރު 20މިނެޓު ވީއިރުވެސް އެއްވެސް ބަހެއް ނާދެއެވެ. އުފެދުނު ސުވާލުތައް ގިނަވާން ފަށައިފިއެވެ. ބަސް އަންނާނެބާއެވެ؟ އަދި ކިތައްމިނެޓު ނަގާނެބާއެވެ؟ ކިތައް ބަސް މި މިސްރާބުން (މިރޫޓުން) ދުއްވާ ބާވައެވެ؟ ބަސް އަންނަންދެން މަޑު ކުރަންވީ ބާއެވެ؟ ނޫނީ ހިނގައިގަންނަން ވީ ބާއެވެ؟ ބަހަށް ޓަކައި މަޑުކޮށްގެން އަހަރެންގެ ވަގުތު ސަލާމަތް ކުރެވޭނެ ބާއެވެ؟

އިތުރު އެހެން މީހަކުވެސް ބަހުގެ އިންތިޒާރުގައި އަހަރެންނާއި އެކުގައި މަޑުކޮއްލިއެވެ. ކުލާހަކަށް ދާންށެވެ. އަހަރެން އޭނައާއި ދިމާލަށް ހިނިތުންވުމާއެކު އަހާލެވުނީ ކިހާ ހިސާބަކަށް ދާންތޯ އެވެ. އެއީ އަހަރެން ދަންނަ މީހެއް ވެސް ނޫނެވެ. ނަމަވެސް ހަމަ ބޭއިޚްތިޔާރުގައި އަހާލެވުނީ ކަން ދިމާވީ ގޮތުންނެވެ. އޭނާގެ އުދާސްތައްވެސް ބަންޑުން ކޮއްލައިފިއެވެ. “މަޖީދީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހިގާފައި ކިތައް މިނެއްޓުން ދެވޭނެ ބާއެވެ ؟ 7ރުފިޔާ ޚަރަދުކޮއްފައި ތިމާގެ އަގުހުރި ވަގުތުތައް ބޭކާރުވުން ރަނގަޅު ތޯއެވެ.؟ ” އޭނާ ބުނިގޮތުގައި ބައެއް ފަހަރު ގެއިން ފެށިގެން ވަރަށް ދުރަށް ހިގާފައިގޮސް އެންމެ ދެ ބަސްހުއްޓިއަށް ވީމަވެސް އޭނާ ބަހަށް އެބަ އަރައެވެ. މިއީ ވާވަރުކަމެއް ނޫންކަމުގައިވެސް އޭނާ ދެކެއެވެ.

25 މިނެޓުފަހުން އަހަރެން ދަރިފުޅުގޮވައިގެން ހިނގައިގަތީމެވެ. ކަނިތިކިވާރޭ ތެރޭގައެވެ. ބަސް އާދޭތޯ މަޑުކުރެވުނީތީ ދެރަ ވެސް ވިއެވެ . އަހަރެން ހިގައި ގަތުމުން ދަނީއޭ ކިޔައިފައި އޭނާވެސް އޭނާގެ މަންޒިލަށް މިސްރާބުޖަހައިފިއެވެ.

އާއެކެވެ! މިމައްސަލައަކީ އަހަރެން ފަދަ ކިތައްމެ މީހަކަށްވެސް ކުރިމަތިވެދާނެ ކަމެއްކަން އަހަރެންނަށް ވަރަށް ބޮޑަށް އިޙްސާސްވިއެވެ. ބައެއް ދުވަސް ދުވަހު ގަޑިޖެހުމުގެ 30 މިނެޓު ކުރިން ނުކުތް ކަމުގައި ވިޔަސް، ގަޑި ޖެހިގެން ޓެކްސީއެއް ނަގައިގެން ދާ ފަހަރުވެސް މަދެއް ނުވާނެއެވެ. ބަހަށް މަޑުކޮށްގެން ބަހަށް ބަރޯސާ ވުމަކީ ބޭކާރު ކަމަކަށް ވެއެވެ. މިއީ މިކަން އިންތިޒާމު ކުރާ ފަރާތަށް ވަރަށް ފަސޭހަ ކަމާއެކު ޙައްލު ކޮށްލެވިދާނެ ކަމެއް ކަމުގައި ދެކެމެވެ. އަމިއްލަ ފަރުދެއްގެ ޙައިސިއްޔަތުން މިކަމުގައިހުރި އިޙްސާސްތައް ހިއްސާ މިކޮށްލީ މި ދަތިތަކަށް ޙައްލެއް ލިބޭނެ މަގެއް ފެންނާނެ ކަމުގެ އުއްމީދުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.