އެމެރިކާގައި އުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއުޔޯކާ ކައިރި ސަރަހައްދުތަކުގައި އުޅޭ ބައެއް ދިވެހިންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ރައީސް އެ ދިވެހިންނާ ބައްދަލުކުރެއްވީ ‘އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ކަމަށްވާއިރު، ރައީސް ވަނީ ބައްދަލުވުމަށް ހާޒިރުވި ދިވެހިންނާ ވަކިވަކިން ބައްދަލު ކުރައްވައި، ވާހަކަފުޅުދައްކަވާފައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެ ބައްދަލުކުރުމުގެ ތެރެއިން، އެ ފަރާތްތަކުގެ ހާލު އަހުވާލު ރައީސް ވަނީ އޮޅުން ފިލުއްވާފައެވެ. އަދި، އެ ފަރާތްތަކަށް ކުރިމަތި ވަމުން އަންނަ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލައިވާފައިވާއިރު، އެކަންކަން ހައްލު ކުރަން ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަން އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.

މީގެއިތުރުން، ރައީސް މުއިއްޒު ވަނީ އެމެރިކާގައި އުޅޭ ދިވެހިން ފާހަގަކުރި ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައްޔިތުންގެ އަޑު އަހައިގެން ވީހާ ވެސް ގާތުން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމަށް މަސައްކަތް ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިންނާ ބައްދަލު ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އދ.ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.