ހާފިޒް ކަމުގެ ސަނަދާއި މެޑަލް 28 ބޭފުޅަކަށް

ގުރުއާން ހިތުދަސްކޮށް ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވި 28 ހާފިޒަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މެޑަލް އާއި ހަނދާނީ ލިޔުން މިއަދު ދެއްވައިފި އެވެ.

ހާފިޒުންނަށް މެޑަލް އަރުވާފައި ވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ދަރުބާރު ގޭގައި ބޭއްވި ޖަލްސާގަ އެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ރައީސް މުއިއްޒު މެޑަލް އެރުވި ހާފިޒުންގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2022 އިން ފެށިގެން މިއަހަރު ސެޕްޓެމްބަރު މަހާ ހަމައަށް ގުރުއާން ހިތުދަސްކުރި ފަރާތްތަކެވެ.

ގުރުއާން ހިތުދަސް ކުރާ ހާފިޒުންނަށް އެންމެ ފުރަތަމަ ރައީސްގެ މެޑަލް ދޭން ފެށީ 2014 ގަ އެވެ. އެފަހަރު ތިން ހާފިޒުން މެޑަލް ހާސިލު ކުރި އެވެ.

އެ އުސޫލަށް ބަދަލު ގެނެސް 2020 އިން ފެށިގެން ގުރުއާން ހިތުދަސް ކުރާ ހާފިޒުންގެ ތެރެއިން 85 ޕަސަންޓު މާކްސް ލިބިގެން އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސްގެ ހާއްސަ މެޑަލް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދޭން ފެށި އެވެ.

އަދި ދެވަނަ އަދި ތިންވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސްގެ މެޑަލް ދިޔައީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅު ކުރުމުގެ ޖަލްސާގައި ދެމުންނެވެ.

މިއީ ދަރަޖަ ތަފާތު ކުރުމެއް ނެތި 2020 އަށް ފަހު ގުރުއާން ހިތުދަސް ކުރާ ހުރިހާ ހާފިޒުންނަށް ރައީސްގެ ހާއްސަ މެޑަލް ދިން ފުރަތަމަ ފަހަރެވެ.

މެޑަލް ހާސިލް ކުރި ހާފިޒުން:

* އަލްހާފިޒާ ހަކީމަތު މުހައްމަދު، ޏ. ފުވައްމުލައް، ހީނާގެ.
* އަލްހާފިޒާ ފާތިމަތު އިޝާ، ށ. މިލަންދޫ، ނިޒާމް.
* އަލްހާފިޒާ ޖަމީލާ އަލީދީދީ، ޏ. ފުވައްމުލައް، މައްސާގުގެ.
* އަލްހާފިޒާ ފާތިމަތުދީދީ، ސ. ހިތަދޫ، ޝެވިލް.
* އަލްހާފިޒް އަބްދުﷲ ރަޝީދު، ސ. ހިތަދޫ، އަލުއިމާގެ.
* އަލްހާފިޒާ ފާތިމަތު އަހްމަދު، ޏ. ފުވައްމުލައް، ގުލްދަސްތާގެ.
* އަލްހާފިޒް މޫސާ އަޝްހަލް އަޝްރަފް، ހ. އީސްޓްލައިޓް.
* އަލްހާފިޒާ އާމިނަތު ލަތީފާ، ސ. ހިތަދޫ، ތިބްރޯޒްގެ.
* އަލްހާފިޒާ ޔުމްނާ އަބްދުލްއަޒީޒޒު، ދ. މީދޫ، ފެހިގެ.
* އަލްހާފިޒާ ސަހިއްޔާ އަބްދުލްއަނީ، ރ. މީދޫ، ކުރިބޯށި.
* އަލްހާފިޒާ ސައުދިއްޔާ މޫސާ، ށ. ބިލެތްފަހި، މީނާޒް.
* އަލްހާފިޒް އަބްދުﷲ ބިން ޔާމީން، ސ. މަރަދޫ، މޫންލައިޓްހިޔާ.
* އަލްހާފިޒް މުހައްމަދު ހަނޫން ހުސެއިން، ސ. ފޭދޫ، ފަރުބަދަ.
* އަލްހާފިޒް އިޒްކާން އަޖީބް ހުސެއިން، ގ. ފަރެސް.
* އަލްހާފިޒް ރާހިން ބިން މުހައްމަދު، ގދ. ފަރެސްމާތޮޑާ، ޖަގަހަ.
* އަލްހާފިޒް މުހައްމަދު ޔޫނުސް ބިން އިބްރާހިމް ޒާހިރު، ރ. ފައިނު، ޖަވާހިރުމާގެ.
* އަލްހާފިޒް ރަސްލާން އަބްދުއްރައްޒާގް އީސާ، ރ. މީދޫ، އަންބަރީގެ.
* އަލްހާފިޒް އަދީން މުހައްމަދު، ޏ. ފުވައްމުލައް، ބެންހާގެ.
* އަލްހާފިޒާ ފާތިމަތު ނަސީރު، ސ. ހިތަދޫ، ނިކަގަސްދޮށުގެ.
* އަލްހާފިޒް އަލީ ރައީފު، އއ. ތޮއްޑޫ، ދޮންމޫނިމާ.
* އަލްހާފިޒް އަލާވީ އައްޔޫބް ބުން މުހައްމަދު ޝުޖާއު، މއ. ރަތްއެންދެރި.
* އަލްހާފިޒް އާސިރު އާރިފް ޔޫސުފް، ބ. އޭދަފުށި، އަޅިވިލާގެ.
* އަލްހާފިޒާ މޫނިސާ އަބްދުއްރަހީމް، ނ. ލަންދޫ، ކިނާރާ.
* އަލްހާފިޒާ ޝަބީނާ އަބްދުﷲ، ގއ. ދެއްވަދޫ، އަސްވާޑު.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.