ޓޫރިޒަމަށް ދޫކޮށް ނުނިމިހުރި ރަށްތަކާ ގުޅިގެން ޤާނޫނަށް އިސްލާހު ގެންނަނީ

ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުނިމި ގިނަ ދުވަސްވެފައިވާ ރަށްތަކުގެ މައްސަލައިގައި ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ފައިސަލްއާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރަކު ވަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުނިމި ގިނަ ދުވަސް ވެފައިވާ ރަށްތައް ހުރިކަން ފާހަގަކޮށް އެކަމުގައި އަމަލުކުރާނެ ގޮތަކާއި ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، ވަޒީރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ކުރެއްވި މަސައްކަތަކީ ޓޫރިޒަމަށް ހަދަން ދޫކޮށް ނުނިމި ގިނަ ދުވަސް ވެފައިހުރި ރަށްތަކުގެ ކަންކަން ބެއްލެވުން ކަމަށެވެ. އެގޮތުންތަ ރިސޯޓް ހެދުމަށް ދޫކޮށް އެކި ސަބަބުތަކާހެދި މާކެޓަށް ނުނެރެވި 58 ރަށް އޮތްކަމަށް ވިދާޅުވި އެވެ.

މިނިސްޓަަރު ފައިސަލް ވިދާޅުވީ އެ ރަށްތައް ވީހާވެސް އަވަހަށް މާކެޓަށް ނެރެވޭނެ ގޮތެއް ހެދުމުގެ ގޮތުން ރަށްތައް ނަގާފައިވާ ފަރާތަށް މިނިސްޓްރީއަށް ހާޒިރުކޮށް ކުރެވޭ މަސައްކަތްތަކާއި ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ޕޮލިސީ ކަރުދާހެއް ތައްޔާރުކޮށް އިކޮނިމިކް ކައުންސިލަށް ހުށަހެޅުއްވި ކަމަށާއި އަދި އެކަމުގައި ގޮތްތަކެއް ފާސްކޮށްފައިވާކަމަށެވެ.

އެގޮތުން ރިސޯޓް ހެދުމަށް ދޫކޮށް ނުނިމި ހުރި ރަށްތަކުގެ މައްސަލައިގައި ބަންޑާރަނައިބު ވަރަށް އަވަހަށް ޓޫރިޒަމްގެ ޤާނުނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ. އަދި ނޮވެމްބަރު މަހުގެތެރޭގައި އެ އިސްލާހުތައް މަޖިލީހަށް ހުށަހަޅާނެކަމަށް ގަބޫލުކުރެވޭކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ހުށަހެޅީ، ރިސޯޓް ހެދުމަށް ދޫކޮށްފައި ހުންނަ ރަށްތަކުގެ އެއްބަސްވުން މިނިސްޓްރީން އުވާލުމުން އެފަރާތްތަކުން ކޯޓަށް ގޮސް، އެކަށީގެންނުވާ ބަދަލުތަކެއް އޭގެތެރެއިން ހޯދަމުންދާކަން ފާހަގަވާތީކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.