ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިކަލް ޓެކްސީގެ ޚިދުމަތް ތަޢާރަފް ކޮށްފި

މިކަމަށްޓަކައި އަލިމަސް ކާނިވަލް ސަރަހައްދުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މި ޚިދުމަތް ފައްޓަވައިދެއްވީ އެކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

20170129 171123
ސްކޫޓެކްސީގެ ފަރާތުން މި ޚިދުމަތް ފެއްޓި އިރު، މިވަގުތު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަޖުމަބެލުމުގެ ދަތުރުތަކެއް ކަމަށް އެ ފަރާތުން މަޢުލޫމާތުދެއެވެ.
ދެ ޖިންސުގެ ޑްރައިވަރުންވެސް ހިމަނައިގެން ސްކޫޓެކްސީ އިން މި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ގުޅުމަށް 4 އަކުރުގެ ނަމްބަރެއްވެސް ވަނީ ތަޢާރަފް ކޮށްފައެވެ. އެހެންނަމަވެސް އެ ނަމްބަރ އެކްޓިވޭޓްވާން ހަފްތާއެއްހާދުވަސް ނަގާނެ ކަމަށާއި ޚިދުމަތަށް ވަކިން ޓެކްސީ ސެންޓަރެއްވެސް ހުންނާނެ ކަމަށްވެސް ސްކޫޓެކްސީ އިން ބުންޏެވެ.

އިޝްތިހާރު Below Header ad

20170129 171947
ސްކޫޓެކްސީ އިންބުނީ އެންމެބޮޑު އިސްކަމެއްދޭނީ ވީހާވެސް ރަނގަޅަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
މި ޚިދުމަތަށް ދަތުރަކަށް 10 ރުފިޔާ މިވަގުތު ނެގިނަމަވެސް ކުރިއަށްއޮތް ތާނގައި މީޓަރ ބަހައްޓައިގެންް ދަތުރު ކުރުމަށް ނިންމާފައިވާ އިރު، ލިބޭ ތަރުހީބަށް ބަލައި ޓެކްސީ ކުރާ އުޅަނދު ގިނަކުރުމަށްވެސް ވަނީ ސްކޫޓެކްސީ އިން ނިންމާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.