އަގުހެޔޮކޮށް ތާޖުމަހަލް ބަލައިލަން ބޭނުންތަ؟ މިއޮތީ އެފުރުޞަތު..

ތާޖުމަހަލް ބަލައިލަން ދިއުމަކީ ކޮންމެ މީހަކުވެސް ދެކޭނެ ހުވަފެނެކެވެ. އެހެންނަމަވެސް އިންޑިއާފެ ނިއުދިއްލީއަށް ދަތުރުކުރުމަކީ އެހާފަސޭހަކަމެއް ނޫނެވެ. ޓިކެޓުގެ އަގަށްބަލާއިރު، ގިނަފަހަރަށް މުޅިއަހަރުދުވަހު ފައިސާއެއްކޮށްގެން ނޫނީ ހަމަޖެހިލާވަރެއް ނޫނެވެ.
ަނަމަވެސް ރާއްޖޭގައި ދުއްވާ އަމިއްލަ އެންމެބޮޑު އެއަރލައިން ކަމަށްވާ މެގަ މޯލްޑިވްސް އިން މިވަނީ ހެޔޮއަގުގައި ނިއުދިއްލީއަށް ދަތުރުކުރެވޭނެ ފެއަރއެއް ތަޢާރަފް ކޮށްފައެވެ.

އެންމެ 199 ޑޮލަރަށް ދެކޮޅު ޓިކެޓުލިބޭ މިފެއަރގައި މިމަހުގެ 9ން 19 އާދެމެދު ދަތުރު ކުރެވޭ އިރު، ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެނބުރި އަންނަން ޖެހެއެވެ.
މެގަ މޯލްޑިވްސް އިންބުނީ އެ އެއަތލައިންގެ ފްލީޓަށް ގެނައި ބޮއިންގ 737 ގެ ބޯޓުގައި ދަތުރުކޮށްލުމަށް މިއީ ރަނުގެ ފުރުޞަތެއް ކަމަށާއި ހުރީ ލިމިޓެޑް ސީޓުތަކެއް ކަމަށެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.