ދުވުމަކީ ވަކި ހެދުމެއް އަޅައިގެން ނޫނަސް ކުރެވިދާނެ ކަމެއްކަން މި ދުވުންތެރިޔާ ދައްކައިދީފި

ދުވަންދާ ވާހަކަ ކަނބަލެއް ގާތު ބުނާ އިރަށް އެންމެ ފުރަތަމަވެސް ބުނާނީ ލާނެ ހެދުމެއްގެ ވާހަކައެވެ.

ޢާންމުކޮށް ދުވާ ކަނބަލުން ބޭނުންކުރަނީ ތަންކޮޅެއް ކުރުކޮަށް ހުންނަ ހެދުމެވެ. އެހެންކަމުން ގިނަ ބަޔަކަށް ހީވެފައި ނުވަތަ ޤަބޫލުކުރެވިފައި އޮންނަނީ ދުވާނަމަ ލާންޖެހޭނީ އެކަހަލަ ހެދުމެއް ކަަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ނަމަވެސް މި މާރޗު މަހުގެ 1 ވަނަ ދުވަހު ޓޯޓަލް ފިޓްނެސް ގްރޫޕުން ކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވި “ރަނިންރަން” ގައި އެންމެންގެ ސަމާލުކަންވެސް ހުއްޓިގެން ދިޔައީ މިފަދަ ހަރަކާތުން ނުފެންނަ ޒާތުގެ ހެދުމެއް ލައިގެން ދިވެހި ކަނބަލަކު ދުވުމުންނެވެ. ވާނީވެސް އެހެންތާއެވެ. މިއީ މިފަދަ ހަރަތާކެއްގައި މުޅިން އަލަށް ފެނުނު ހެދުމެކެވެ.

ޓީއެފްޖީ އިން މުޅިން އަލަށް ބޭއްވި ހަރަކާތް ޚާއްޞަވީ މުޅިން އަލަށް މިފަދަ ހެދުމެއްގައި ކަނބަލަކު ދުވުމުން އެކަންޏެއް ނޫނެވެ. އެ ކަނބަލުގެ މި ދުުވަމަކީ، އެ ދުވުންތެރިޔާ މިފަދަ ހަރަކާތެއްގައި ނުވަތަ ރޭހެއްގައި ދުވި ފުރަތަމަ ފަހަރަަށްވެސްވީމައެވެ.

52922840 2547106135361912 5833917806881538048 o

ކޮންމެއަކަސް އެ ދުވުންތެރިޔާއަކީ ކޮން ކަނބަލެއްކަން ނޭނގުނަސް، މާސްމީޑިއާގައި އެ ދުވުންތެރިޔާގެ ފޮޓޯ ވަނީ ޚާއްޞަ ދަރަޖައެއް ހޯދާފައެވެ. ލާ ހެދުމެއްގެ ސަބަބުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ ކަސްރަތާއި މިފަދަ އިވެންޓުތަކުގައި ބައިވެރިވުމަކީ ވަކި ބައެއްގެ ކަމަކަށް އޮތް އޮތުން މިވަނީ ނިމުމަކަށް ގެނެސްފައެވެ.

އާއެކެވެ. ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކަންކަން ކުރުމަކީ ހަމަކޮންމެ މީހަކަށްވެސް އޮތް ޙައްޤެކެވެ. ރަނިންރަންގައި ދުވި މި ކަނބަލަށް ފަށްފަށުން ޝުކުރިއްޔާއެވެ. އުއްމީދަކީ މިފަދަ އިތުރު ދުވުންތެރިން ކުރިއަށް އޮތް މިފަދަ ހަރަކާތްތަކުގައި ފެނިގެން ދިއުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 5 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ހިއްވަރާއެކު މަސައްކަތް ކޮއްފިއްޔާ ކާމިޔާބުވާނެ
    ތިއީ ހަމަ ނަމޫނާ މަންޖެ އެއް

  2. ވަރަށް ހިތްވަރު ގަދަ ކަނބަލެއް… ތިޔަ ދުވުން ބޭއްވި ބަޔަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހުސް އަންހެނުންނަށް ގިނަ ގިނައިން މިކަހަލަ އެއްޗިހި ބާއްވާ ސަޅިވާނެ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.