ޓީއެފްޖީ “ރަނިންރަން” ގިނަ ކަނބަލުންތަކެއްގެ ދުވުމުގެ ފެށުމަކަށްވާނެ

ޓޯޓަލް ފިޓްނެސް ގްރޫޕް ނުވަތަ ޓީއެފްޖީ އަކީ ރާއްޖެއަށް ތަފާތު ދުވުންތައް ތަޢާރަފްކޮށް، އެ ދުވުންތަކަށް ގިނަ ބަޔަކު ތަމްރީން ކުރަމުން އަންނަބައެކެވެ.

އެގޮތުން ލޯންގް ޑިސްޓެންސް ނުވަތަ ދިގު ރާސްތާގެ ދުވުންތައް ރާއްޖޭގައި “ވައިގާ” ހިއްޕާލާ، އެދުވުމަށް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ނެރެފައެވެ. އަދި އެ ދުވުންތެރިން އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދުވެ، ކާމިޔާބީވެސް ޙާޞިލުކުރަމުންނެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އަހަރުތަކެއްކުރިން ހަމައެކަނި މާލޭގައި ދިގު ރާސްތާގެ ދުވުންތައް ބޭއްވިނަމަވެސް، ޓީއެފްޖީ އިން މިހާރު އަންނަނީ މުޅި ރާއްޖެއަށް ފުޅާކޮށް ރާއްޖޭގެ ދެ ސަރަޙައްދެއްގައި ސިލްސިލާ ދުވުންތައް ބާއްވަމުންނެވެ. އަދި “ބޮޑުހާފު”ގެ ނަމުގައި ފައިބެއަހަރު މުޅިން އަލަށް ދުވުމެއް ތަޢާރަފްކޮށްފައިވާ އިރު، މިއަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާއިގުޅުވައިގެން ކަނބަލުންނަށް ޚާއްޞަކޮށްގެން ވަނީ މުޅިން އަލަށް ދުވުމެއް ތަޢާރަފްކޮށްފައެވެ.

“ރަނިންރަން” ނުވަތަ (ކަނބަލުންގެ ދުވުން) ގެ ނަމުގައި މިއަހަރުގެ މާރޗް 1 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވި 7 ކިލޯމީޓަރގެ ދުވުމަކީ މިދާއިރާއަށް ކަނބަލުން އިތުރުވުމަށް އެޅި ފިޔަވަޅަކަށް ނޫނީ ނުވާނެއެވެ. އެއްގޮތަކަށްވެސް ނުދުވެތިބި ނުވަތަ މިފަދަ ދުވުންތަކުގައި ދުވަން ބޭނުންވިޔަސް ތަފާތު އެކި ސަބަބުތަކާހުރެ، ދުވަން ނުކެރިފައިތިބި ކަނބަލުންނަށް “ރަނިންރަން” ވެގެންގޮސްފައިވަނީ ރަނުގެ ފުރުޞަތަކަށެވެ.

ޚާއްޞަކޮށް ދެޖިްނސު މަސްހުނިކޮށް ދުވާތީ، ދުވަން ބޭނުންނުވެ ތިބި ކަނބަލުންނަށް މިއީ ނުހަނު އަގުހުރި ފުރުޞަތަކަށްވެގެންދިޔައެވެ. އެކަން އެނގެނީ މި ދުވުމުގައި ބައިވެރި ކަނބަލުންގެ ޢަދަދުންނެވެ. އަދި އެ ކަނބަލުންގެވާހަކަ ބަސްމަގުހުރިގޮތުންނެވެ.

“އަސްލު އަޅުގަނޑު ވަރަށް ދުވާހިތްވޭ މިކަހަލަ ދުވުންތައް. އެކަމަކު ގިނަ ދުވުންތައް މި އޮންނަނީ އަންހެނުންނާ ފިރިހެނުން އެއްކޮށް. އެހެންވީމަ ނުކެރެނީ ބައިވެރިވާން. އެކަމަކު މިދުވުން ކޮންމެ އަހަރަކުވެސް އޮންނަންޏާ ޔަގީން ބައިވެރިވާނަން” ރަނިންރަންގައި ބައިވެރިވި ކަނބަލަކު އެޓޯލްނިއުސްއަށް ކިޔައިދިނެވެ.

އެހެންކަމުން ޓީއެފްޖީ އިން މިފެށި “ރަނިންރަން” އަކީ ކަނބަލުން ދުވުމުގެ ތެރެއަށް ވަނުމަށް އެޅުނު ރަނގަޅު ފާލަކަށްވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.