މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަންގެ 2 ކެޓަގަރީއަކުން ބީބީ ރަނަރސް 1 ވަނަ ހޯދައިފި

މޯލްޑިވްސް އިންޓަރނޭޝަނަލް މެރަތަންގެ 2 ކެޓަގަރީއަކުން ބީބީ ރަނަރސް 1 ވަނަ ހޯދައިފިއެވެ.

ބީބީ ރަނަރސް އިން އެއްވަނަ ހޯދި ހާފު މެރަތަން އާއި 10 ކިލޯ މީޓަރުގެ ދުވުމުގައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ހާފު މެރަތަން ނުވަތަ 21 ކިލޯ މީޓަރުގެ ދުވުމުގައި ދުވެ، ރާއްޖޭގެ އެތްލެޓިކްސް ޓީމުގެ އެސިސްޓެންޓް ކޯޗު އަހްމަދު ނިޒާމު 1 ވަނަ ހޯދީ 1 ގަޑި 28 މިނެޓު 24 ސިކުންތުން ނިންމައިގެންނެވެ. އަދި 10 ކިލޯ މީޓަރުގެ ދުވުމުގައި ފުވައްމުލައް ސިޓީގެ ސުނާން އަޙްމަދު 1 ވަނަ ހޯދީ 41 މިނެޓް 47 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން ފުލް މެރަތަންގައި މުޙައްމަދު އަފްރާޙް ވަނީ އެ ކެޓަގަރީގެ 9 ވަނައަށް ރޭސް ނިންމާފައެވެ. އޭނާ ރޭސް ނިންމާފައިވަނީ 4 ގަޑި 43 މިނެޓް 48 ސިކުންތުންނެވެ.

Afrah
އަފްރާޙް ރޭސް ނިންމުމަށްފަހު، އާތީ އާއެކު- ފޮޓޯ: ސާއި

ބީބީ ރަނަރސްއަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކަސްރަތު ޚާއްޞަކޮށް ދުވުމުގައި އެހީތެރިކަން ދިނުމަށް އުފައްދާފައިވާ ގްރޫޕެކެވެ. އެ ގްރޫޕުން އެ ޚިދުމަތް ދެނީ އެއްވެސް ފީއެއްނުނަގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.