ޙައިޟުވެރިޔާއަށް މަނާކަންކަން ކަމުގައި މީހުން ޢާއްމުކޮށް ހީކުރާ އެކަމަކު ޙައިޟުވެރިޔާއަށް ހުއްދަވެގެންވާ ކަންކަން
ޙައިޟުވެރިޔާއަށް މަނާކަންކަން ކަމުގައި މީހުން ޢާއްމުކޮށް ހީކުރާ، އެކަމަކު ޙައިޟުވެރިޔާއަށް ހުއްދަވެގެންވާ ކަންކަންވެއެވެ.
1- މުޞްޙަފުގައި ބީހުމެއް ނެތި ކީރިތި ޤުރުއާން ކިޔެވުން
2- ތަފްސީރު ފޮތްތަކުގައި ބީހުން
3- ޤުރުއާން ތަރުޖަމާގައި ބީހުން
4- ދުޢާކުރުން
5- ޛިކްރުކުރުން
6- މައްޔިތުން ހިނެވުން
7- މިސްކިތުގައި މަޑުނުކޮށް ޙާޖަތަކަށްޓަކައި މިސްކިތަށް ވަދެލާފައި ނުކުތުން
8- ޖިމާޢުނުވެ އެހެން ހުރިހާ ހުއްދަ ގޮތްގޮތުން ދެމަފިރިކަމުގެ އަރާމު ލިބިގަތުން
9- ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔުން
10- ސަޢްޔުކުތުން
11- ޠަވާފުކުރުން ފިޔަވާ ޙައްޖުގެ ހުރިހާ މަނާސިކުތައް
12- ތިލާވަތުގެ ސަޖިދަކުރުން
13- ޝުކުރުގެ ސަޖިދަކުރުން
14- މައްޔިތުންގެ މޫނުބެލުން (އަންހެން މައްޔިތެއްނަމަ ނުވަތަ މަޙްރަމެއްނަމަ މައްޔިތާގައިގައި އަތްލުންވެސް ހުއްދައެވެ)
15- ނިޔަފަތި ކެނޑުމާއި އިސްތަށި ބޭލުމާއި ގައިން ޠާހިރުވުމުގެ ގޮތުން ކުރާ މިފަދަ ކަންކަން ކުރުނ