![IMG 4546229fda6e98f3008c74439726471e V](/wp-content/uploads/2019/03/IMG-4546229fda6e98f3008c74439726471e-V.jpg)
އާރތުއަވާގެ މުނާސަބާގައި ޚާއްޞަ ޙަރަކާތްތަކެއް ތ.އަތޮޅު މަދަރުސާގައި
357 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ތ.އަތޮޅުމަދަރުސާގައި ދުނިޔޭގެ އާރތުއަވާ ދުވަހުގެ މުނާސަބާގައި ޚާއްސަ ހަރަކާތްތަކެއް ހިނގަމުން ކުރިއަށް އެބަދެއެވެ.
ދުނިޔޭގެ އާތުއަވާ ދުވަހުގެ މުނާސަބާގައި މިއަދު ހެނދުނު 6:00 އިން 7:45 އަށް ތ އަތޮޅުމަދަރުސާގެ ސްކައުޓްކުދިންނާއި ކަބުސްކައުޓްކުދިން ވެގެން ދުނިޔެއަށް ފައިދާ ހުރި ކަމެއް ކުރުމުގެ ގޮތުން ގުރައިދޫގެ އެކިއެކި ސަރަހައްދުގެ ހުރި ޕްލާސްޓިކް ކޮތަޅާއި ފުޅި، އަދި މިނޫސްވެސް ޕްލާސްޓިކާއި ރަބަރު ފަދަތަކެތިވަނީ އެއްކޮއްފައެވެ.
މިދުވަހުގެ މުނާސަބާގައި ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ކަބްސްކައުޓްކުދިންގެ މެދުގައި ވަނީ ބާއްވާފައެވެ.
މިއަދު ހަވީރު 4:00 ގައި ސްކޫލް ގޯތިތެރޭގައި ޕްލާސްޓިކް ފުޅީގައި ގަސްއިންދުމާއި ހަވީރު ޕެރޭޑެއްވެސް އޮވެއެވެ. މި ޕެރޭޑްގައި ހުރިހާ ސްކައުޓް ކުދިންނާއި، ކަބްސްކައުޓް ކުދިން، ހުރިހާ ޓީޗަރުން، އަދި ބެލެނިވެރިން ބައިވެރިވާ ގޮތަށްވަނީ ހަމަޖެހިފައެވެ.
އުނބު ބޭނުން ކޮށްގެން ދަނޑު ދިއްލާލާ އާރތުއަވާގެ މިޚާސަ އިވެންޓް ރޭގަނޑު 8:30 އިން 9:30 ރަށުގެ ބޯޅަދނޑުގައި މިރޭ ކުރިއަށް ދާނެއެވެ.
މި އިވެންޓްގައި ރަށުގެ ހުރިހާ ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ދެމުދު ސަރުކާރުގެ ހުރިހާ މުއައްސަސާ އަކުން ކަރަންޓް އޮފް ކޮއްލާނެއެވެ. އަދި ރަށުގެ ހުރިހާ ގެޔަކުން ބޭނުން ނުކުރާ ކަރަންޓް ސާމާނު އޮފް ކޮއްލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުންވެސް ދުވަހާއި ގުޅިގެން ރަށުގެ ރައްޔިތުން ޕްލާސްޓިކް ފަދަ ތަކެތި އެޅުމަށްޓަކައި ސްކޫލްގެ އެކި ސަރަހައްދު ތަކުގައި ބޮޑެތި ޑަސްބިންތައް ބެހެއްޓިފަވެއެވެ.