އެސްޓީއޯ އިން ކާޑުގެ ބާވަތްތަކުގެ އަގުހެޔޮ ކޮށްފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ ބާވަތް ތައް ވިއްކާ އަގު ހެޔޮކޮށްފިއެވެ.

މިކަމާއި ގުޅިގެން އެސްޓީއޯ އިން ބުނީ މި ހިނގާ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތައް އަގު ހެޔޮވާނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން ހަނޑޫ ބަސްތާއެއް 199ރ. އަށް، ހަކުރު ބަސްތާއެއް 200ރ. އަދި 149ރ. އަށް ގޮދަންފުށް ބަސްތާއެއްގެ އަގުހެޔޮ ކޮށްފައިވާ ކަމަށެވެ.

ކާޑުގެ އަގުހެޔޮކޮށްފައިވާއިރު، މާލެއާ އެއް އަގެއްގައި ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް އެސްޓީއޯ އިން ނިންމީ މިދިޔަ މަހު އެވެ. އަދި ނާލާއި މަޖޫރީ ފީ އެސްޓީއޯ އިން ދޭ ގޮތަށް ވެސް ނިންމާފައިވާއިރު، ކާޑު ވިއްކާނީ އެސްޓީއޯ އިން ކަނޑައަޅާ އެޖެންޓުންތަކެއް މެދުވެރިކޮށެވެ.

ކާޑުގެ އަގުތައް ހެޔޮކޮށް ހަމަހަމަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.