އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ނުލިބުމުގެ ޝަކުވާ، ހައްލެއް ނުލިބޭ މައްސަލައެއް

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު މުވައްޒަފުންގެ ދުވަހުގެ ޝެޑިއުލް ފުރަތަމަ ފެށިގެންއަންނަނީ ދަންވަރު 12:00 އިންނެވެ. ދަންވަރު 12:00 އިން ހެނދުނު 08:00 އަށެވެ. އަދި ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. އަދި ހަވީރު 16:00 އިން ދަންވަރު 12:00 އަށެވެ.

48891274 10156878365545917 7104412516502994944 o

އިޝްތިހާރު Heyobas Ruqya Course Ad square

މިއީ ކޮމާންޑްގެ މުވައްޒަފުންގެ ޑިއުޓީ ދަންފަޅިތަށް ބެހިފައިވާ ގޮތެވެ. މީގެ ކޮންމެ ދަންފަޅިއެއްގައި ޑިއުޓީކުރަމުންގެންދަނީ ގިނަވެގެން 16 ނޫނީ 17 މުވައްޒަފުންނެވެ. އެއީ އަންހެން އަދި ފިރިހެން މުވައްޒަފުންވެސް ހިމެނޭގޮތަށެވެ. މީ ހަމަ އެކަނި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޑިއުޓީކުރާ މުވައްޒަފުންގެ ވާހަކައެވެ. އަދި ޑޮމެސްޓިކް އެއަރޕޯޓުތަކަށް ބަލާއިރު ދުވާލަކަށް 8 ނޫނީ 9 ފްލައިޓް އައިސް ގޮސް ފުރާ ގިނަ އެއަރރޕޯޓުތަކުގައި ތިބެނީ 5 ނޫނީ 6 މުވައްޒަފުންނެވެ. އެހެންކަމުން ގިނަ މުވައްޒަފުން ގިނަ ވަގުތު ހޭދަކުރަމުންގެންދަނީ އެއަރޕޯޓުގައެވެ. އާދެ ޑިއުޓީގައެވެ.

ނަމަވެސް ކޮމާންޑުގެ މުވައްޒަފުންގެ ހަމަ އެއްވެސް ޝަކުވާއެއް ނެތެވެ. ކިތަންމެ ބުރަކޮށް ގެއަށް ނުގޮސް 24 ގަޑިއިރު އެއަރޕޯޓުގައި ޑިއުޓީގައި އުޅެންޖެނުނުނަމަވެސް މެއެވެ. އެހެން ނަމަވެސް ކޮމާންޑުގެ މުވައްޒަފުންގެ އޮތީ ހަމަ އެންމެ ޝަކުވާއެވެ. އެއީ އެ މުވައްޒަފުންނަށް ހައްޤުވާ ވަޒީފާގެ ކުރިއެރުން ނުވަތަ “ޕްރޮމޯޝަން” ނުދޭކަމުގެ ޝަކުވާއެވެ.

ކުރީގެ ނަމުންނަމަ “އެއަރޕޯޓް ސެކިއުރިޓީ” ނުވަތަ މިހާރުގެ ނަމުންނަމަ ” އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް” ސަރުކާރުގެ ރަސްމީ އިދާރާއެއްގެ ގޮތުގައި އުފެދިގެން އައިސްފައިވަނީ 01 ޖެނުއަރީ 2013 ވަނަ އަހަރު އޭރުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ވަހީދު ހަސަންމަނިގެ ވެރިކަމުގައެވެ. ކޮމާންޑް އުފެދި ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ކަނޑައެޅި ކޮމާންޑް ހިނގަމުން އަންނަނީ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެގޮތުން މިހާރު ކޮމާންޑުގައި މަސައްކަތް ކުރާ ހުރީ މުވައްޒަފުންނަކީވެސް ސިވިލް ސަރވިސް ކޮމިޝަންގެ ޤަވައިދުގެ އޮނިގަނޑަށް ފެތޭ، އަދި އެ ކޮމިޝަނުގެ ޤަވައިދު ބުނާގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ.

އެގޮތުގެ މަތިން  ސިވިލް ސަރވިސްއިން ސަރުކާރު މުވައްޒަފުންގެ މައްޗަށް އެކުލަވާލާފައިވާ ސިވިސް ސަރވިސްގެ ޤަވައިދު ކޮމާންޑުގެ މުވައްޒަފުންގެ މައްޗަށް ވެސް ލާޒިމްކުރެއެވެ.

އެހެން ކަމުން ސިވިލް ސަރވިސްގެ ޤަވައިދުގެ ދަށުން ކޮމާންޑުގެ މުވައްޒަފުންނަށް ލިބިދޭން ޖެހޭ އެންމެހާ ހައްޤުތަކެއް އެއްވެސް އުނިއިތުރުކުރުމެއް ނެތި ލިބިދޭންޖެހެއެވެ. އެގޮތުން މިވަގުތު ކޮމާންޑް މުވައްޒަފުންގެ އެންމެ ބޮޑު ޑިމާންޑަކީ މަޤާމުގެ ކުރިއެރުން ލިބިދިނުމެވެ.

އޭވިއޭޝަން ސެކިއުރިޓީ ޕްރޮމޯޝަން ޤަވައިދު:

aviation-security-commandge-promotion-gavaidhu

ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ވަކި ޚާއްޞަ ޕްރޮމޯޝަން ޤަވައިދެއް ކަނޑައަޅާ އެކަން ޢާންމުވެސް ކޮށްފައެވެ.

އެގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޕްރޮމޯޝަންއާއި ގުޅޭ ކަންކަމުގައި ކޮމާންޑުން ޢަމަލުކުރާނެ ގޮތް ކަނޑައަޅައި 8 އޮކްޓޫބަރ 2013 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނުގެ 979 ވަނަ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮސްފައިވާ މި ޤަވައިދު ބުނެފައިވާ ގޮތުން މި ޤަވައިދު އެކުލަވާލާފައިވަނީ ޤާނޫން ނަމްބަރ 2005/5 ( ސިވިލް ސަރވިސް ޤާނޫން)ގެ 18 ވަނަ މާއްދާގެ (ޅ) އިން ބާރުލިބިގެންނެވެ.

އެގޮތުން ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުނު ހިސާބުންފެށިގެން މި ޤަވައިދަށް އަމަލުކުރަން ފެށިތާ މިއަދަށް މިވަނީ 5 އަހަރާއި 6 މަސްދުވަސް ފާއިތުވެ ގޮސްފައެވެ. ޤަވައިދުގައި އެބުނާ ޕްރޮމޯޝަންއެއް އަދި ކޮމާންޑް މުވައްޒަފުންނަކަށް ނުލިބެއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ޕްރޮމޯޝަން ޤަވައިދު ބުނާގޮތުން “އިންރޭންކް ޕްރޮމޯޝަން” ކޮންމެ ދެއަހަރުން އެއްފަހަރު މި ކުރިއެރުން ހައްޤުވާ މުވައްޒަފުންނަށް އިންސާފުވެރިކަމާއި އެކު ދޭންޖެހެއެވެ. އަދި “ރޭންކް ޕްރޮމޯޝަން” ކޮންމެ 3 އަހަރަކުން އެ ޕްރޮމޯޝަން ހައްޤުވާ ފަރާތްތަކަށް ދޭންޖެހެއެވެ.

aviation-security-commandge-promotion-gavaidhu

އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންނަށް އެ މުވައްޒަފުންނަށް ހައްޤުވާ މަޤާމުގެ ކުރިއެރުން ނުލިބުމުގެ ޝަކުވާ އެ އިދާރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެސް ދަނީ މެދު ކެނޑުމެއް ނެތި ކުރަމުންނެވެ. އެގޮތުން އެ މުވައްޒަފުންނަށް ލިބިދޭންޖެހޭ މަޤާމުގެ ކުރިއެރުން ހޯދުމަށް ކަމާ ބެހޭ ވުޒާރާތަކަށް ޝަކުވާގެ ސިޓީތަކާއި ޕެޓިޝަންތަށް ހުށައަޅާފައިވަނީ މަދެއްކޮށެއް ނޫނެވެ. އެހެން ނަމަވެސް މިކަމަށް އެއްވެސް ހައްލެއް އަދި ލިބިފައި ނުވާކަމަށް ކޮމާންޑުގެ މުވައްޒަފުން ބުނެއެވެ.

ކޮމާންޑް މުވައްޒަފުންގެ ޕްރޮމޯޝަން ނުވަތަ މަޤާމުގެ ކުރިއެރުމާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތަށް އަޑުއިވެއެވެ. އެގޮތުން ބައެއް މުވައްޒަފުން ގާތު އަހާލުމުން ބުނެފައިވަނީ ޕްރޮމޯޝަން ނުލިބޭ ވާހަކަ ދައްކާއިރަށް އޮފީހުން ދޭ ޖަވާބަކީ ޕްރޮމޯޝަން ދެވޭނީ ޕްރޮމޯޝަން ދިނުމަށް އެކުލަވާލަން ޖެހޭ ޕްރޮމޯޝަން ބޯޑެއް އެކުލަވާލައިގެން ކަމަށެވެ. އެހެން ނަމަވެސް އެބުނާ ޕްރޮމޯޝަން ބޯޑެއް އެކުލަވާލަން ކިޔާތާ 3 ނުނީ 4 ވަރަކަށް އަހަރު ވެދާނެ ކަމަށާއި އަދިވެސް އެ ބުނާ ބޯޑެއް އެކުލަވާ ނުނިމޭކަމަށް އެ މުވައްޒަފު ބުންޏެވެ.

ކޮމާންޑުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އެހެން މުވައްޒަފަކު ބުނީ ކޮމާންޑްގެ މުވައްޒަފުންނަށް  ޕްރޮމޯޝަން ދިނުމުގެ މަސްވަރާތަށް ކުރަމުން ގެންދާކަމަށް ތުންތުން މަތިން އަޑުއިވޭ ކަމަށާއި އެހެން ނަމަވެސް އެބުނާ ޕްރޮމޯޝަނެއް ލިބޭގޮތެއް ނުވާކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ކުރިން ދިޔަ ޔާމީނުގެ ސަރުކާރުންވެސް ކޮމާންޑުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ނުލިބޭ މައްސަލަ ސިވިލް ސާވިސްއަށް ހުޅައެޅިކަމަށާއި އެހެން ނަމަވެސް އެ ކޮމިޝަނުންވެސް މިކަންތަކާ މާ ބޮޑަށް އަޅާލާތަނެއް ނުފެނޭކަމަށެވެ.

” އަހަރެން މިހާރު ޕްރޮމޯޝަން ލިބޭނެ ކަމަކަށް ނުވިސްނަށް،އެއީ ލިބެން ނެތް އެއްޗެއް ކަމަށް ވިސްނައިގެން މި އުޅެނީ. އަސްލު ވާގޮތަކީ ކޮމާންޑުގެ ވެރިން ނޫޅޭ މުވައްޒަފުންނަށް ރަނގަޅު ގޮތް ހަދައިދޭކަށް، އެހެންވެސް ތަނުގެ ބޮޑުބައެއް ކޮމާންޑުގެ ވެރިންނާއި މެދު ހިންހަމަ ނުޖެހިފަތިބެނީ.” ނަން ހާމަނުކުރުމަށް އެދެމުން މުވައްޒަފު ބުންޏެވެ.

ކޮމާންޑުގެ މުވައްޒަފުންނަށް ހައްޤުވާ ޕްރޮމޯޝަނެއް ނުލިބި ދިގު މުއްދަތެއް ހޭދަވަމުންދާއިރު، މިކަމަށް ހައްލެއްގެނަމުމަށް އެއްވެސް ފަރާތަކުން ވިސްނަމުން ނުދާކަމީ ވަރަށް ހިތާމަހުރިކަމެކެވެ. ގިނަ މުވައްޒަފުންތަކަމަށް އެ މުވައްޒަފުންނަށް ހައްޤުވާ މަޤާމުގެ ކުރިއެރުން ނުލިބިގިނައަރަުތަކެއް ވޭތިކުރަމުންގެންދާއިރު، މިކަމުގައި ޒިންމާ ނަގަންޖެހެނީ ސިވިލް ސާވިސް ކޮމިޝަނުންތޯ ނޫނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންތޯ ؟ މިވެސް ކޮމާންޑުގެ ގިނަ މުވައްޒަފުން ކުރަމުން ގެންދާ ސުވާލެކެވެ.

ވަޒީފާގެ މާހައުލުގައި އޮންނަ އެއްބައެއް ވަންތަކަމާއި އެކުވެރިކަން އަދި އެތަނެއްގައި ކުރާ މަސައްކަތެއްގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ހަރުދަނާ ކުރެވޭނީ ތަނުގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް ދޭންޖެހޭ އެންމެ ހާހައްޤުތަކެއް ހަމަކަމާއި އިންސާފުވެރިކަމާއި އެކު ފޯރުކޮށްދީގެނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.