އެމްޑްބްލިއުއެސްސީގެ ޚިދުމަތްތަކަށް އޮންލައިންކޮށް މިހާރު އެދެވޭނެ.

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ނިޒާމެއް ތަޢާރަފުކޮށްފިއެވެ.

މި ނިޒާމް ތަޢާރަފްކުރީ އެ ކުންފުނީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި މިނިސްޓަރ މަލީޙް ވިދާޅުވީ ދަޢުލަތުގެ މުވައްސަސާތަކާއި ކުންފުނިތަކުން ރައްޔިތުން ޚިދުމަތް ހޯދާ އިރު، އެންމެބޮޑު ޝަކުވާއަކީ ބޮޑެތި ކިއުތަކެއް ހަދާ އެތަކެއް ވަގުތެއް ހޭދަކުރަންކުރަންޖެހުން ކަމަށެވެ. އެހެންވެ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދޭ ބަޔަކަށް ވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމް ވިދާޅުވީ ކުންފުނީގެ ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކާއެކު ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާތައް މިހާރު 90 އިންސައްތަ މަދުކުރެވިފައިވާކަމަށެވެ.

ރާއްޖޭގެ ކޮންމެތާކު ހުރެގެންވެސް ފަސޭހަކަމާއެކު އެކުންފުނީގެ ޚިދުމަތަށް އެދުމުގެ ފުރުޞަތު ލިބިގެންދާ މި ނިޒާމު އުފައްދާފައިވަނީ 60 ހާސް މީހުންގެ އާބާދީއަކަށެވެ. ނަމަވެސް އެކުންފުނިން 2 ލައްކައަށްވުރެ ބޮޑު އާބާދީއަކަށް ޚިދުމަތްދޭންޖެހެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.