ކޮންމެ އަހަރު ތިން ދުވަސްވަރެއްގައި ޑެންގީ ފަދަ ބަލިތައް ރާއްޖޭގައި އިތުރުވޭ: އެޗްޕީއޭ

ކޮންމެ އަހަރު ތިން ދުވަސްވަރެއްގައި ޑެންގީ ފަދަ ބަލިތައް ރާއްޖޭގައި އިތުރުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިހެންބުނީ މަދިރިން ޖެހޭ ބަލިތަކަށް ޢާންމުން ހޭލުންތެރިކުރުވުމަށް މިއަދު ފެށި އެއްމަސްދުވަހުގެ ކެމްޕޭން ލޯންޗުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްސަލް ވިދާޅުވީ އަހަރުގެ ކުރީ ކޮޅަށް އަންނަ ޕީކް ނިމުމަށް ފަހު ދެން މި ބަލި އިތުރުވާނެ ކަމަށް ލަފާ ކުރެވެނީ މެއި، ޖޫން އަދި ޖުލައި ހިސާބުގައި ކަމަށެވެ. އަދި މިފަދަ ކެމްޕޭނެއް ލޯންޗުކުުރުމުގެ އެންމެބޮޑު ބޭނުމަކީ އެ ދުވަސްވަރަށް ތައްޔާރުވުން ކަމަށެވެ.

މި ކެމްޕޭނުގައި މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކާއި މަދިރި ނައްތާލަން ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރާނެއެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނުގައި މި ބަލިތަކާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތެއް ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި އެކި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕޭނުގައި ހުރިހާ އަތޮޅުތަކެއްގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ކައުންސިލްތަކުންވެސް ބައިވެރިވާނެއެވެ.

ޢާންމުންނަށް ޚާއްޞަ ހައި ލެވަލް އެޑްވޮކަސީ ފޯރަމަކާއި ރިސޯޓުތަކަށް އަމާޒުކޮށްގެން އިންޓަރގްރޭޓެޑް ޕެސްޓް މެނޭޖްމެންޓް ކޮންފަރަންސާއި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާ ގުޅިގެން ބިދޭސީން މަސައްކަތްތެރިންނަށް ޚާއްޞަ ހަރަކާތްތަކެއްވެސް ހިންގުމަށް ވަނީ މި ކެމްޕޭނުގައި ހިމަނާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.