ދިރާގު ޓީވީގެ އިތުރު ދެ ޕެކޭޖު ތަޢާރަފްކޮށްފި
ދިރާގު ޓީވީގެ އިތުރު ދެ ޕެކޭޖެއް މިއަދު ތަޢާރަފްކޮށްފިއެވެ.
އެ ކުންފުނިން މިއަދު ތަޢާރަފްކުރި ދެ އެޑް-އޮންސް އަކީ ”އެކްސައިޓްމެންޓް“ އާއި ”ފަން“ އެވެ.
މީގެތެރޭގައި ހިމެނޭ އެކްސައިޓްމެންޓ ޕެކޭޖުގެ އަގަކީ 120 ރުފިޔާއެވެ. މި އެޑް-އޮންގެ ތެރޭގައި 22 ޗެނަލެއް ހިމެނެއެވެ. އަދި ”ފަން“ އެޑް-އޮންގެ އަގަކީ 99 ރުފިޔާއެވެ. މީގެދަށުން 10 ޗެނަލް ލިބެއެވެ.
ދިރާގު ޓީވީ މަހަކު 300 ރުފިޔާއަށް ލިބޭ އިރު، ދިރާގު ޓީވީގެ ބޭސިކް ޕެކޭޖެއްގައި 60 ޗެނަލް ހިމެނެއެވެ. އޭގައިހިމެނެނީ 20 އެޗްޑީ. ޗެނަލާއި 4ކޭ ޗެނަލެއް ހިމެނެއެވެ.
ދިރާގު ފިކްސް ބްރޯޑްބޭންޑް ލިބޭ ކޮންމެ މީހަކަށްވެސް ދިރާގު ޓީވީގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސޭނެއެވެ. މި ޚިދުމަތް ’ޖޯއީބޮކްސް‘ އާ އެކު ބޭނުން ކުރުމުން އިތުރަށް އިންޓަރނެޓް ޗާޖް ބޮޑުވެގެނެއް ނުދާނެއެވެ. އަދި މިޚިދުމަތައް އެއްފަހަރު ސަބްސްކްރައިބް ކުރުމުން ލެޕްޓޮޕާއި ޓެބްލެޓް އަދި ފޯނުންވެސް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ޓީވީ ފެންނާނެއެވެ.
ދިރާގުން ވަނީ ދެ އަހަރު ތެރޭ ދިރާގުޓީވީ ގެ 90 ޗެނަލާއެކު، 50 ރަށެއްގައި މިޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސާފައެވެ.