މަޖލިސް 2019: އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިޔަށްދާއިރު…….
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 08:00 ޖެހިއިރު ފަށާފައިވާއިރު، ވޯޓްލުން ކުރިއަށްދާނީ ހަވީރު 4:00 އަށެވެ. އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00އަށް އަދި އިނގިރޭސީވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ ހެނދުނު 9:30 އިން ރޭގަނޑު ހަވީރު 5:30 އަށެވެ.
މި އިންތިހާބުގައި މާލެ ސަރަހައްދުގައި ޖުމްލަ 144 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައިވާއިރު، މުޅި ޖުމްލަކޮށް މި ފަހަރުގެ އިންތިހާބުގައި 501 ވޯޓު ފޮށި ވަނީ ބަހައްޓާފައި ވެއެވެ.
މި ފަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ 1663 މަންދޫބުން ހަރަކާތްތެރިވާއިރު، ރާއްޖޭގެ 3624 ފަރާތަކުން ވެސް އޮބްޒާވްކުރާނެ އެވެ. އަދި މީޑިއާތަކުން 2220 މޮނިޓަރުން ހަރަކާތްތެރިވާނެ އެވެ. އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ 4،000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން މިހާރު ފަށާފައ ވާއިރު އެހެން އިންތިޚާބުތަކެކޭ ވެސް އެއްގޮތައް ކިއުގައި ނުޖެހި ބައެއްފަރާތްތަކަށް ވޯޓް ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ކިއުގައި ނުޖހެި ވޯޓް ލެވޭނީ :
އިލެކްޝަންސް ކޮމިޝަނުން ފާސް ދޫކޮށްފައިވާ ފަރާތްތައް
ދޮށީއުމުރުގެ މީހުން
ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން
ފުލުހުން
މާބަނޑު އަންހެނުން
އުރާވަރުގެ ތުއްތު ކުދިން ގޮވައިގެން ގޮސް ތިބޭ މީހުން
މަޖިލިސް އިންތިޚާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު، 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެ އެވެ.