މަޖިލިސް އިންތިޚާބުގެ ވޯޓުލުން 6 ޖެހުމާ ހަމައަށް އިތުރުކޮށްފި

މިހާރު ކުރިޔައްދާ މަޖިލިސް އިންތިޚާބުގެ ވޯޓުލުން މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް އިތުރުކޮށްފިއެވެ.

މިކަން ހާމަކޮށް ދާދި ދެންމެއަކު އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ވޯޓުލުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެގައި ދެ ގަޑިއިރު އިތުރު ކުރަން އެ ކޮމިޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ޮޕޮޕޮޮޕޕ

މިކަން ހާމަކުރަމުން އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ، ވޯޓުލުމަށް ދީފައިވާ އެއްމެ ފަހުން ހަމަޖައްސާފައިވަނީ 16:00 އަށް ނަމަވެސް ގަޑި އިތުރު ކުރީ މިއަދަކީ ވަރަށް ހޫނު ގަދަ ދުވަހެއް ކަމަށްވެފަ ބައެއް ފަރާތްތަކަށް ވޯޓް ލާން ދާން އުނގަދޫތަކެއް ކުރިމަތިވާނެތީ ކަމަށް ދެކޭތީކަމަށެވެ.

އަދި 6 ޖެހުމާއި ހަމައަށް ވޯޓް މުމުގެ ހައްޤު ލިބިފައިވާ ފަރާތްތައް ވޯޓް ލާ ނިންމުމަށްވެސް އިލެކްޝަން ކޮމިޝަނުން އިލްތިމާސް ކޮށްފައިވެއެވެ.

ވޯޓުލުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިޔަށް ގެންދިއުމަށް މީގެ ކުރިން ހަމަޖެހިފައި އޮތީ ހެންދުނު 8:00 އިން ފަށައިގެން ހަވީރު 4:00 އާއި ހަމައަށެވެ.

މިފަހަރުގެ މަޖިލީސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް މަދުކަން ފާހަގަކުރެވިފައިވާއިރު، ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 50 އިންސައްތަ މީހުން މިއަދު މެންދުރުފަހު މިހާތަނާއި ހަމައަށް ވޯޓުލާފައި ވާކަމަށް ވަނީ އެނގިފައެވެ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ 264،442 މީހުން ތިބިއިރު އިންތިހާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެވެ އެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓް ލުން ކުރިއަށް ދާއިރު އަދި ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓް ލުން ކުރިއަށް ދަނީ މައްސަލަތަކެއް ދިމާނުވެ ވަރަށް އަމާން ކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.