މަޖްލިސް 2019: އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނުކުރަނީ

އިއްޔެ ބޭއްވި މަޖިލިސް 2019 އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ppppp

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭގެ ވަގުތެއްގައި ވަގުތީ ނަަތީޖާ އިއުލާނުކުރަން ފެށޭނެ ކަމަށާއި ނަމަވެސް ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާނެ ވަކި ވަގުތެއް ވިދާޅުވެފައެއް ނުވެ އެވެ.

2019 މަޖިލިސް އިންތިޚާބުގައި 87 ދާއިރާ އަށް 264،442 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. އެކަމަކު ވޯޓުލާފައިވަނީ 212،079 މީހުންނެވެ. މިއީ މަޖިލިސް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި އިލެކްޝަންސް އިން އިއުލާނުކުރާނީ ހަމައެކަނި ދާއިރާތަކުގައި ނަތީޖާ އެވެ. އެހެންވެ އިއްޔެ ބޭއްވި އިންތިޚާބުގައި ވަކިވަކި ވޯޓު ފޮށިތަކުން ލިބުނު ނަތީޖާ އިއުލާނުކުރުމުގެ ބަދަލުގައި އިލެކްޝަންސް އިން އާއްމުކުރާނީ ދާއިރާތަކުގައި ލިބުނު ޖުމްލަ ވޯޓު އެކަންޏެވެ.

އިންތިޚާބު ނިމޭތާ ހަތް ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

އަންނަ ހުކުރު ދުވަހުގެ ކުރިން ދާއިމީ ނަތީޖާ އިއުލާނުކުރަން މަަސައްކަތް ކުރަމުން އަންނަކަމަށް ޝަރީފް ވަނީ ކުރިން ވިދާޅުވެފަ އެވެ.

އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި އެމްޑީޕީއަށް މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުން އެ ޕާޓީން ވަނީ 65 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.