![Atoll facebook cover 1 e1682637244250](/wp-content/uploads/Atoll-facebook-cover-1-e1682637244250-780x470.png)
ދަރުމަވަންތަ ހޮސްޕިޓަލްގައި ޚިދުމަތް ދޭން ފަށައިފި
ދިވެހިރާއްޖެ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގައި ސިއްހީ ޚިދުމަތް ދޭން ފަށައިފި އެވެ.
މި ހޮސްޕިޓަލަކީ އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކޮށްފައިވާ އިމާރާތެކެވެ.
މި ހޮސްޕިޓަލުގެ ޚިދުމަތް ފަށާފައި މިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އައިޖީއެމްއެޗުގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓްގެ ޚިދުތަމް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުމައްފަހުގައެވެ. ޚިދުމަތް ފެށިފަހުން ފިޒިއޮތެރަޕީގެ ޚިދުމަތް ދެމުން އަންނަނީ އާ އިމާރާތުގެ ހަތަރު ވަނަ ފްލޯގަ އެވެ.
ފިޒިއޮތެރަޕީ ޑިޕާޓްމެންޓުގެ އިތުރުން އޯޕީޑީ އާއި އެކްސްރޭ އާއި ސްޕޯޓްސް ތެރަޕީ އާއި އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާ އެކު ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ އެ އިމާރާތުގަ އެވެ.
އާސަރުކާރުން ކުރިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އޭޕްރިލް މަހު ހުޅުވާއިރު ހަތަރު ފްލޯއެއްގައި ޚިދުމަތް ދޭނެ ކަމަށެވެ.
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ވަނީ ގުޅުވާލާފައެވެ.