ރޮނާލްޑޯ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

ފައިގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

އަނިޔާގެ ސަބަބުން ދެ ހަފްތާ ކުޅުމާއިދުރުގައި ހުރުމަށްފަހު، ރޮނާލްޑޯ އަލުން ޔުވެންޓަސްގެ ސްކޮޑާ ގުޅި ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށާފައިވާއިރު، އޭނާއަށް އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަންނ ޖެހުނީ ޕޯޗުގަލްގެ ގައުމީޓީމާއި އެކު ޔޯރޯ ކޮލިފައިންގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެ ރޭ ޔުވެންޓަސް އާއި ނެދަލެންޑްސްގެ އަޔެކްސް ބައްދަލުކުރާމެޗަށް ތައްޔާރުވުމުގެ ގޮތުން ފަށާފައިވާ ޓްރެއިނިންތަކުގައި ރޮނާލްޑޯ ބައިވެރިވެފައިވާއިރު، މެޗާއި ބެހޭގޮތުން އިއްޔެ ބޭއްވި، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔުވެންޓަސްގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ބުނީ އަނިޔާއިން ރަނގަޅުވެ، ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވާން ފަށާފައިވާކަމަށެވެ. އެލެގްރީ ބުނީ، އަޔެކްސް މެޗަށް ރޮނާލްޑޯ ނެރޭނެތޯ، މަސައްކަތް ކުރާކަށެވެ. އަދި ކުޢާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗަށް ރޮނާލްޑޯ ނެރެވޭނެ ކަމުގެ އިތުބާރު އެބަ އޮތްކަމަށްވެސް އެލެގްރީ ބުންޏެވެ.

“ ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި މިހާރު ބައިވެރިވާން ފަށާފައ، އަޔެކްސްއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗަށް ރޮނާލްޑޯ ނެރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ. ރޮނާލްޑޯ އާ މެދު އިތުބާރު އެބައޮތް.“ މީޑިއާއާ ވާހަކަދައްކަމުން އެލެގްރީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އަޔެކްސްއާއި ދެކޮޅަށް އަންނަ ބުދަ ދުބަހުގެރޭ ކުޅޭ މެޗާއި ބެހޭގޮތުން އެލެގްރީ ބުނީ، އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާއިރު، އެމްރީ ކޭން، ކެޕްޓަން ކިއެލީނީ، ކުއެޑްރާޑޯގެ އިތުރުން ގޯލްކީޕަރ މަޓާ ޕެރިން އަށްވެސް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. އެހެން ކަމުން އަޔެކްސްއާ ދެކޮޅަށް މި ކުޅުންތެރިންނަށް ނުކުޅެވޭނެކަމަށްވެސް އެލެގްރީ ބުނެފައިވެއެވެ.

އިތުރަށް ވާހަކަދައްކަމުން އެލެގްރީ ބުނީ ކުރިން އަނިޔާގައި ހުރި ޑޮގްލަސް ކޮސްޓާ އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށެވެ. އަދި އޭނާ އަޔެކްސްއާ ދެކޮޅަށް ކުޅޭނެ ކަމަށްވެސް އެލެގްރީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ ޔުވެންޓަސް އަދި އަޔެކްސް ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެރޭ ދަންވަރުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.