ޗެމްޕިއަންސް ލީގް: މިރޭގެ ބޮޑު މެޗަށް ރޮނާލްޑޯ ތައްޔާރު
ޔޫރޯ ޔޫރޯ ކޮލިފައިންގައި ސާބިއާއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ލިބުނު އަނިޔާއަށް ފަހު ރޮނާލްޑޯ އެނބުރި އައިސް މިރޭގެ މެޗަށް ތައްޔާރުވެފައިވާ ކަމުގައި ޔުވެންޓަސްގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.
ލިބުނު އަނިޔާގެ ސަބަބުން ދެ ހަފްތާ ކުޅުމާއި ދުރުގައި ހުރުމަށްފަހު ރޮނާލްޑޮ މިރޭ އަޔެކްސް އާއި ދެކޮޅަށް ނިކުންނާނެއެވެ.
އަދި މި މެޗުގައި ރޮނާލްޑޯގެ ފަރާތުން ތަފާތު ފެނިގެންދާނެ ކަމުގައި ކޯޗު އެލެގްރީ އުންމީދު ކުރެއެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އަޔެކްސް އާއި ޖުވެންޓަސް ކުޅޭނީ މިރޭ 12 ޖަހާއިރުއެވެ. ރައުންޑް އޮފް 16 ގައި އަޔެކްސް އިން ވަނީ ރެއާލްމެޑްރިޑާއި ދެކޮޅަށް ކުޅެ 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ޖުވެންޓަސް އިން ވަނީ އެތްލިޓިކޯ މެޑްރިޑާއި ކުޅެ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ޖުވެންޓަސް މިރޭ އަޔެކްސްގެ ދެކޮޅަށް ކުޅެން ހަމަ ޖެހިފައިވަނީ އަޔެކްސްގެ ދަނޑުގައެވެ. މި މެޗްއަކީ މި ދެޓީމް މި ސީޒަންގައި ކުޅޭ ފުރަތަމަށް މެޗައް ވެފައިވާ އިރު އަޔެކްސް އިން ދަނީ ރޮނާލްޑޯ އަށް ލިބިނު އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައުމާއިއެކު އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވިސްނަމުންނެވެ.
އެގޮތުން ރޮނާލްޑޯ ހުރީ އޭނާގެ އަސްލު ފޯމުގައި ނަމަ އަޔެކްސްއަށް މިރޭ އުނދަގޫތަކާއި ކުރިމަތިވާނެއެވެ. އެގޮތުން ރޮނާލްޑޯ ހިފެހެއްޓުމަށް އަޔެކްސްއިން ވަރަށް ބޮޑަށް ސަމާލުވާނެއެވެ.
ވަރުގަދަ އެތްލެޓިކޯ މެޑްރިޑަށް ވެގެންދިޔަގޮތުގެ ވާހަކަތަށް މިހާރުވެސް މީޑިއާތަކުގެ ފަލަ ސުރުޚީތަކުން ފެންނަންހުރިއިރު، މިއީ އިދިކޮޅު ޓީމުތަކުން ރޮނާލްޑޯއާމެދު ޖެހިލުންވާ އެއްސަބަބެވެ. ރޮނާލްޑޯ ވަނީ އެތްލެޓިކޯ ކޮޅަށް 3 ލަނޑު ޖަހާ ހެޓްރިކް ހަދާ އެތްލެޓިކޯ މުބާރާތުން ކަޓުވާލާފައެވެ. މިއީ ހަމަޔަގީނުންވެސް އަޔެކްސް ވެސް ޖެހިލުންވާނެ ސަބަބެކެވެ.
މިރޭގެ މެޗާއި ކުރިމަތިލާއިރު، ރޮނާލްޑޯ ހުރީ ފިޓްކޮށް ރަނގަޅު ފޯމެއްގައި ކަމަށް ޔުވެންޓަސްގެ ކޯޗު ވަނީ ބުނެފައެވެ.
ރޮނާލްޑޯ ވަނީ އޭނާ ރިއަލް އިން ޖުވެންޓަސް އަށް ބަދަލުވި ފަހުން ހުރިހާ މުބާރާތްތަކެއްގައި މުޅިއެކު 24 ގޯލު ޖަހާދީފައެވެ.