ޝައުބާން މަހު ރޯދަ ހިފުމަކީ ރަވާތިބު ސުންނަތް ކުރުމާއި އެއްފަދަ ކަމެއް – ހުކުރު ޚުޠުބާ

ޝައުބާން މަހުގެ ރޯދަ ހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރާ ރަވާތިބު ސުންނަތް ކުރުމާއި އެއްފަދަ ކަމެއް ކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެ އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ޝައުބާން މަހުގެ ރޯދަ ހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރާ ރަވާތިބު ސުންނަތް ކުރުންފަދަ ކަމެއްކަމަށާއި އެ ރަވާތިބު ސުންނަތް ކުރުމުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާއި ސިކުނޑި ނަމާދުގެ ތެރެއަށް ވައްދާލާ ކަމެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމާދު ތެރޭގައި ކުރެވިފައި ހުންނަ ބައެއް އުނި ކަންތައްތައް، ނަމާދުގެ ފަހުގައި ކުރާ ރަވާތިބު ސުންނަތްތަކުގެ ސަބަބުން ފޫބައްދާލާ ކަމަށާއި، ހަމަ އެ ބީދައިން، ޝައުބާން މަހު ގިނަގިނައިން ރޯދަ ހިފުމުން، ރަމަޟާން މަސް އަންނަންވާއިރަށް އެ މަހުގެ ރޯދަތައް ހިފުމަށް މީހާގެ އަމިއްލަ ނަފްޞު ތައްޔާރުކޮށްދޭ ކަމަށް މިއަދުގެ ކުހުރު ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ ރަމަޟާން މަސް ފިޔަވާ އެހެން މަސްތަކުގައި ހިފާ ރޯދަތަކަކީ މުސްތަޙައްބު ރޯދަތަކެއް ކަމަށާއި ނަމަވެސް ޝައުބާން މަހުގައި ރޯދަ ހިފުމަކީ އެކަމުގައި ވަރަށް މުހިއްމު ޙިކުމަތްތަކެއް އެކުލެވޭ ކަމެއް ކަމަށެވެ.

އެގޮތުން ޝައުބާން މަހަކީ ރަޖަބު މަހާއި ރަމަޟާންމަހާއި ދެމެދު އަންނަ މަހެއް ކަމުން އެމަހާއި މެދު މީސްތަކުން ޣާފިލްވެފައިވާތީ، އެކަމުން މީސްތަކުން ހޭލައްވާ ލުމަކީ އެކަމުގެ އެންމެ ބޮޑު އެއް ޙިކުމަތް ކަމަށްވެސް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ ޝައުބާން މަހަކީ މީސްތަކުންގެ އަމަލުތައް ﷲ ގެ ހަޟްރަތަށް އުފިގެންދާ މަހެއް ކަމަށާއި އަދި ﷲ ލޯބިވެވޮޑިގަންނަވާ އަމަލުތައް ކުރުންމަތީ އެ އިލާހުގެ އަޅުތަކުން ތިބޭހާލު، އެ އަޅުތަކުންގެ އަމަލުތައް ﷲ ގެ ހަޟްރަތަށް އުފުލިގެންދާގޮތް މިންވަރު ކުރެއްވުމަކީވެސް ޝައުބާންމަހުގެ ރޯދައިގެ ޙިކުމަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

ހެޔޮކަމުގެ ތިލަފަތް ބަރުކުރުމައްޓަކައި ޝައުބާން މަހުގެ ރޯދަ ހިފުން އިތުރުކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.