ރަމަޟާން މަހަށް ތިބާ ތައްޔާރުވާން ޖެހޭގޮތް މިއޮތީ ؟؟

ބަރަކާތުން ފުރިގެންވާ ރަމަޟާންމަސް އަޅުގަނޑުމެނާ އަރާ ހަމަކުރަނީއެވެ. ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ. އިލާހީ ރަޙުމަތްތަށް އޮއްސޭ މައްސަރެވެ. މަޣުފިރަތާއި ނަރަކައިން ދިންނެވުން އޭގެ ކޮޅުނެތް ކޮޅަށް މިންވަރުވެގެންދާ މައްސަރެވެ. މި މަހަށް ތައްޔާރުވާން އަތުކުރި އޮޅާލަމާ ހިނގާށެވެ.

މި މާތް މަހަށް މަރުޙަބާ ކިޔައި ތައްޔާރީވުމުގައި މީސްތަކުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަޔަކީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގޭގެ ފަރުނީޗަރު ބަދަލުކުރާ މީހުންނެވެ. ބަދިގެ ސާމާނު ހޯދާ މީހުންނެވެ. ޓީވީން ރޯދަމަހަށް ހާއްސަކޮށްގެން ފޮނުވަން ހަމަޖެހިފާ ހުރީކޮން މުނިފޫހިފިލުވުމުގެ ޕޮރުގުރާމުތަކެއްތޯ ބަލައި އެއަށް ވަޤުތުހުސްކުރާ މީހުންނެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އަނެއްބަޔަކީ އެމީހުންގެ ގޯތިގެދޮރު ރަމްޟާންމަހަށް ތައްޔާރުކުރާ ބީދައިން އެމީހުންގެ އަމިއްލަ ނަފްސުތައްވެސް އެމަހަށް އިސްތިޤްބާލުކުރުމުގެ ގޮތުން ތައްޔާރުކޮށް އެމަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ ކޮންގޮތަކަށްތޯ އެގޮތަށް ކުރިޔަށްދެވޭތޯ ބަލާމީހުންނެވެ.

މިދެބައިމީހުންގެވެސް އެއްގޮތް ކަމެއް އެބައޮތެވެ. އެއީ ދުރާލައި ޝަޢުބާން މަހުން ފެށިގެން ދެބައިމީހުންވެސް މިބަރަކާތްތެރި ރަމްޟާންމަހަށް ތައްޔާރުވަމުންދާކަމެވެ. އެހެންކަމުން މިލިޔުމަކީ މިދެބައިމީހުންނަށްވެސް ފައިދާކުރާނެ ލިޔުމެކެވެ. މިމަހުގެ ބަރަކާތްތެރިކަން އެންމެ އެދެވޭގޮތުގައި ހާސިލުނުވާނެގޮތަށް ތައްޔާރީވަމުންދާ މީހުން އެކަން ސީދާކުރާނެ ގޮތް އެނގިގެންދާނެތީއެވެ. އަދި ރަނގަޅުގޮތުގައި ތައްޔާރީވަމުންދާ މީހުންނަށް އެކަމުގައި އިތުރު ހިތްވަރެއްލިބިގެންދާނެތީއެވެ.

އެގޮތުން މި މަހަށް ފުރިހަމައަށް ތައްޔާރީވެ އެކަށީގެންވާ މަރުހަބާއެއް ކިޔުމުގެ ގޮތުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެވިދާނެއެވެ.

1 – ތެދުވެރި ތައުބާއަކުން ތައުބާވުން:

ތައުބާވުމަކީ ވާޖިބެކެވެ. މިމަހަށް ވަކިން ޙާއްޞަކުރެވިފައިވާ ކަމެއް ނޫނެވެ. އިންސާނާގެ މުޅި ޙަޔާތުގައި އޭނާ ތައުބާވުން މަތީގައި އަބަދުމެ ދެމި ހުންނާން ޖެހޭނެއެވެ. ނަމަވެސް، މިކުރިމަތިވަނީ ބަރަކާތްތެރި މަހެއް ކަމުން މިމަހާ ބައްދަލުވާ ހިނދު އިތުރަށް ހިތް ނިޔަތް ޚާލިޞްކޮށް ތައުބާވުމީ މިމާތް މަހަށް އަދާކުރެވޭ އެންމެ ފުރިހަމަ މެހެމާންދާރީކަމުގައި ވެގެންދާނެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވަނީ ( وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ) މާނައީ: ” އޭ އީމާންވި މީސްތަކުންނޭވެ. ތިޔަބައިމީހުން އެކީ އެކައްޗަކަށް ﷲ އަށް ތައުބާވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބުވުމަށްޓަކައެވެ.”

2 – ދުޢާކުރުން:

މި އުއްމަތުގެ ސަލަފުއްޞާލިޙުންނާ ބެހޭގޮތުން ވާރިދުވެގެންެވެއެވެ. އެބޭކަލުން ރޯދަމަސް ޖެހެން 6 މަހަށްވުމާއެކު އެމަސް ލިބޭތޯ، އަދި އެމަހާ ބައްދަލުވޭތޯ ﷲގެ ހަޟްރަތުގައި އެދި ދުޢާކުރެއެވެ. އަދި ރޯދަމަސް ނިމުމުން 5 މަސްވަންދެން އެރޯދަމަހުގައި ކުރެވުނު އަޅުކަންތައް ޤަބޫލުކުރައްވާތޯވެސް ދުޢާކުރެއެވެ.

އެހެންކަމުން، މިރޯދަމަހުގައި އަޅުކަންތަކުގައި މަޝްޣޫލުވެ އުޅުމުގެ އަދި މި ރޯދަމަހުގެ ފުރިހަމަ ޡަވާބާއި ދަރުމަ ލީބޭތޯ ކޮންމެ މީހަކުމެ ދުޢާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

3- މިމަތިވެރި މާތް މައްސަރާއި ބައްދަލުވާތީ އެކަމާ އުފާކުރުން:

މާތްﷲ ގެ ނިޢުމަތްތަކުގެ ތެރެއިން މުސްލިމު އަޅާއާ ބައްދަލުކުރާ ވަރަށްވެސް ޙާއްޞަ އަދި ބޮޑު ނިޢުމަތެއް ކަމުގައި މިމަސް އޭނަޔާ ބައްދަލުކުރުންވެގެންދެއެވެ. އެހެނީ މިއީ ހެޔޮކަމުގެ މޫސުމެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވޭ މޫސުމެކެވެ. ނަރަކާއިގެ ދޮރުތައް ބަންދުކުރެވޭ މޫސުމެކެވެ. މާތް ﷲގެ ރަޙުމަތް އޮއްސާލެވޭ މޫސުމެކެވެ. އުފާވެރިކަމުގެ މޫސުމެކެވެ.

މި މައްސަރަށް ދަހިވެތިވެ މި މައްސަރު އޭނާއާ ބައްދަލުވާތީ އުފާވެރިކަން އޭނަގެ ނަފުސަށާއި ރޫޙަށް ލިބިގެންދާ އަޅަކަށް އުފާވެރިކަން ހުއްޓެވެ. އެހެނީ، އެއީ އީމާންކަމުގެ ޢަލާމާތަކަށް ވާތީއެވެ. މާތް ﷲ އެފަދަ އަޅަކަށް މިމަހުގެ ހެއުކަމާއި ސަވާބު މިންވަރުކޮށްދެއްވާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ.

 

މައުލޫމާތް: އަލީ ޒިޔާދް ބްލޮގް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.