މިއޮތް ހުރިހައި ދުވަހު ތިޔަބައިމީހުން ކޮބާ؟

މާތްﷲގެ ރަޙުމަތްފުުޅުން މީގެ ޒަމާންތަކެއް ކުރިއްސުރެވެސް އަޅުގަނޑު މިސްކިތަށް ނަމާދަށް ގޮސްއުޅެމެވެ. އެހެން ނަމަވެސް އާންމުގޮތަކަށް މިސްކިތަށް ގޮސްއުޅޭ މީހުންގެ އަދަދުގެ މަދުކަން ފެނިފެނި ހިތަށް ޤަބޫލުކުރެވިފައިި ވަނީ އެއީ މި ދިވެހިރާއްޖޭގައި މުސްލިމުންގެ އަދަދު ހަމަ މަދީކަމެވެ. ފަތިސްނަމާދެއްނަމަ ހަތަރު ފަސް ސަފަކަށްވުރެ އިތުރުވާތަން ފެންނަނީ މަދު މިސްކިތެއްގައެވެ.
ދެތިން މުސްކުޅިން ފިޔަވާ ޙަތިމް ހިފައިގެން ޤުރުއާން އަކުރެއް ކިޔަން އިންނަތަން ފެންނަނީ މަދު ޒުވާނެކެވެ. ކުޅިވަރާއި މަޖަލުގައި ނުވަތަ ކާންބޯން ކުރާ މަސައްކަތުގެތެރެއަށް މަސްޢޫލުވެ، މާތްﷲއަށް ކުރަންޖެހޭ އަޅުކަންތަކުން ޤާފިލްވެ،
މުޅި ދުވަސްތަސް އަވަދިނެތި ދުއްވާލާއިރު ތިމާ އެބުރިދިޔުން އޮތީ އެކަލާންގެ ހަޡުރަތަށްކަން ދަންނަނީ ކިތައްމީހުން ބާވައޭ ހިތަށްއަރައެވެ. އެދުވަހުން އެކަލާންގެ ހަޡުރަތަށް ގޮސް ހުއްޓޭނީ ކޮންމޫނަކައިގެންތޯއެވެ. އެދުވަހުން އެބައިމީހުން ދޫކޮށްދިޔަ ނަމާދުތަކާމެދު ސުވާލު ކުރެވޭނެކަން އަންގަވައި މާތްﷲ ވަޙީކުރަށްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ.
” ތިޔަބަމީހުން ސަޤަރު (ނަރަކައިގެ ވާދީއެއް) ގެތެރެއަށް އަންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟” އެހިނދު އެބައިމީހުން އިޢުތިރާފުވެ ބުނާނެތެވެ. ” ތިމަންނަމެން ނަމާދު ކުރާމީހުންނާއެކު ނުވަމެވެ. އަދި މިސްކީނުންނަށް އެތިކޮޅުދީވެސް ނުހަދަމެވެ. ތިމަންނަމެތިބީ މޮޅެތިވާހަކައިގެތެރެއަށް މަސްޢޫލުވެއެވެ. އެހެންތިއްބާ ކުއްލިޔަކަށް މަރުއައިސް ބައްދަލުކުރީއެވެ.” އެހެންވީމައި އެބައިމީހުން ވާނި ސަޤަރުގެ އަހުލުވރިންނަށް ނޫންތޯއެވެ. މިއިން އެއްވެސް ކަމެއް އެގެންވެސް ބޭނުންނުވެ، ދުނިޔަވީ ކަންކަމުގައި މުޅި ދުވަސްތަށް ހޭދަކޮށްލުމަށްފަހު މާތްވެގެންވާ ރަމްޝާންމަސް ހަމަ އައުމާއެކު މިސްކިތްތަކަ އޮބި ނޯންނަވަރުވެ، މިސްކިތަތަކާއި އިންވެގެން ހުންނަ މަގުތަށް ވެސް ފުރެންދެން މިޔޮއް އެއްވާ މީސްތަކުންނީ ފަހެ ކޮންތަނަކުން އެއްވާ ބައެއްތޯއެވެ.
އަޅުގަނޑު ހައިރާންވެ އަންތަރީސް ވަނީ މިބައިމީހުންނަށް ކަލަކު ވޮޑިގެންވާކަމާއި އެކަލާންގެ މިބައިމީހުންގެ ކޮންމެ އިޝާރާތެއް ދެކެ ދެނެވޮޑިގެންވާކަން އެގެނީ ހަމައެކަނި ރަމްޟާން މަހުގައި ބާވައެވެ. ވޭތުވެދިޔަ އަހަރެއްހާދުވަހު މިބައިމީހުން ހެއްދެި ފަރާތެއް ވާކަންވެސް ހަނދުމަނުވެ މިއުޅުނީ ކޮންތާކުބާވައެވެ. ހީވާއެއްޗަކި މިއިތުރުވެގެންދާ މީސްތަކުންނީ މާތްﷲ އަށް ބިރުވެތިވެ ހިތުގެ ޙާލިސްކަންމަތީ ގަދަކީރިތިވަންތަ މާތްﷲ ކުއްތަންވާން އަންނަ ބައެއްނޫންކަމެވެ. އެހެން ހީވާ ސަބަބުތަކެއްވެސް އެބަހުރިއެވެ. އެއީ ރަމްޝާންމަހުން އުނިވާ ކޮންމެ ދުވަހަކާއެކު މިބައިގަޑުންވެސް އުނިވެ ހުލިވަމުން ދާކަމެވެ. އެންމެފަހުން ރަމްޝާންމަސް ނިމޭއިރު މިސްކިތޔގައި އާންމުކޮށް ތިބޭތަން ފެންނާނީ ރަމްޝާންމަހުގެ ކުރިންވެސް މިސްކިތްތަކުގައި ތިބި މިސްކިތުގެ އަހުލުވެރީންނެވެ. ދެން އަނެއްނާވެސް ކުއްލިއަކަށް ފެނިގެންދާނީ މިސްކިތްތަކާއި މަގުތަށް ފުރިގެން ބަންޑުންވާވަރަށް ފަތިހު ފަތިހާ ތެދުވެ މީސްތަކުން ޖަމާވާތަނެވެ. ކޮންކަމަކަށްތޯއެވެ. ތިހީވީ ރަނގަޅަށެވެ. އީދުނަމާދަށޭ ބުނެއެވެ.
މިބައިމީހުން މިއޮޅުވާލަނީ ކާކަށް ބާވައެވެ. ނުވަތަ މިދެއްކުންތެރިކަން ރައްދުވަނީ ކޮންފަރާތަކަށް ބާވައެވެ. މާތްﷲ މިބައިމީހުންގެ މި ދެއްކުންތެރި ޢަމަލުން ބަރިއްޔަވެ ހުސްތާހިރުވެ ވޮޑިގެންވެއެވެ.. މިހެން ކުއްލި ކުއްލިއަށް ހުކުރުދުވަހާއި، ޢީދުދުވަހާއި، މާތްވެގެންވާ ރަމްޝާންމަހުގެ ފުރަތަމަ ހައެއްކަދުވަހު މިއެއްވާމީހުން ފެނުނީމަ މިއޮތް ހުރިހައި ދުވަހު ތިޔަބައިމީހުން ކޮބައިތޯއެވެ ހިތަށް އަރައެވެ.

ލިޔުނީ މުޙައްމަދު އަސްޢަދު

އިޝްތިހާރު Heyobas Ruqya Course Ad square

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.