ފަސް އަހަރުވަންދެން އިސްލާމްކަން ސިއްރު ކުރިން (1)

ނައިޖީރިއާ އަންހެން ކުއްޖަކު އިސްލާމްވެ، 5 އަހަރު ވަންދެން އެކަން ސިއްރުކޮށްފައި ބޭއްވީ، އޭނާގެ މަންމައަށް ވެދާނެ ގޮތެއް ނޭނގޭތީއެވެ.

އަޔޫޝް ހަދެޔާ މިމަހުގެ 22ވަނަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ “އަހަރެން އިސްލާމްވިވާހަކަ މަންމަގާތު ބުނަށް ފަސްއަހަރު ނަގައިފި، ….. އެހުރިހާ ދުވަހަކު އަހަރެން ވިސްނަމުން ގެންދިޔައީ އެވާހަކަ މަންމަގާތު ބުނާނީ ކިހިނަކުން ކަމާއި މެދު. އެވާހަކަ އަޑުއަހާފައި މަންމައަށް ޙާޓްއެޓޭކެއް ޖެހި، މަރުނުވާނެބާއޭ ހިތަށްއަރަމުން ދިޔަ. މިކަހަލަ ބިރުވެރިކަމެއްގައި އަހަރެން އެދުވަސްތައް ގުނަމުން ދިޔައީމެވެ. އެއްދުވަހަކު އަހަރެންނަށް ރައްޓެއްސަކު ގުޅާފައިބުނި ދެން ތިވާހަކަ މަންމަގާތު ބުނާށެވެ! ކޮންމެ ގޮތަކަށް ކަންތައްވިޔަސް… އެވާކަމެއް ވާނީ ﷲގެ އިރާދަފުޅާ އެކުއެވެ.” އަޔޫޝް ބުންޏެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ފުލު ފުލުގައި ކުރަމުންގެންދިޔަ ގިނަ ޓްވީޓް ތަކެއް މެދުވެރިކޮށް އެނާ ދިޔައީ އެކަން ހިނގިގޮތް ކިޔައިދެމުންނެވެ. އެންމެ ފުރަތަމަ އެވާހަކަ އަޑުއިވުމުން މަންމަ އޭނާދެކެ ވަރަށް ރުޅިއައިކަމަށް ބުންޏެވެ. އަދި އެއީ ދަރިއެއް ނޫންކަމަށް ބުނިވާހަކަވެސް އޭނާގެ ޓްވީޓްތަކުގައި ވެއެވެ. [މަންމަ ބުންޏެވެ. “އެއްވެސްމީހަކު ދެން ދަރިފުޅު ގާތު މަންމައެއް ހުރޭތޯ އަހައިފިނަމަ، މަންމަ އެއް ހުންނަކަމަަށް ނުބުނައްޗޭ! މިވަގުތުން ފެށިގެން ތީ މަގޭ ދަރިއެއްނޫން…!”] އަޔޫޝް ހަދެޔާގެ ޓްވީޓެއްގައިވެއެވެ.
tweet ayush
އަނެއްދުވަހު މަންމަ ގުޅިކަމާއި އަދި އެއަށްފަހު ނުގުޅާ ދުވަސްކޮޅެއް ހޭދަވުމަށްފަހު އަލުން އެދެމައިންގެ ގުޅުން ރަނގަޅުވިގޮތްވެސް ޓްްވީޓް ތަކުގައި އޭނާ ހިމެނިއެވެ.
[އަހަރެންގެ ޙަޔާތުގައި އިސްލާމްވުމަށް ދިމާވި ސަބަބާއި އަނބުރާ މިދީން ދޫނުކުރާނީ ކީއްވެގެންކަންވެސް ބުނީމެވެ. މިގޮތުގައި އުޅެންފެށުމުން އަހަރެންގެ ޙަޔާތަށްއައި ހެޔޮބަދަލުތަކުގެ ވާހަކަތައްވެސް ކިޔައިދިނީމެވެ. މަންމައާއި އަހަރެންގެ މުޢާމަލާތް ދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށްފަހު، ބައެއްފަހަރު އަހަރެން ގުޅުމުން މަންމަ ފޯނުނަގަން ފަށައިފިއެވެ. އަދި ހަމައެކަނި ޙާލު ބަލާލާފައި ފޯނުބާއްވަނީއެވެ. މަޑުމަޑުން ދެކެވޭ ވާހަކަ އިތުރުވަމުންގޮސް، ދުވަސްކޮޅެއްފަހުން މަންމަ އާއި އަހަރެންގެ ގުޅުން ކުރިއެކޭ އެއްގޮތަށް އިޢާދަވާންފަށައިފިއެވެ. އެއްދުވަހަކު މަންމަ ބުނީ: “ތީ ދަރިފުޅު އީމާންވާގޮތް ކަމުގައި ވާނަމަ، ތިގޮތުގައި ޘާބިތުވޭ” މިހެންނެވެ.] އަޔޫޝް ބުންޏެވެ.

އެތައްޒަމާނެއް ވަންދެން އޭނާއަށް ނުވެހުރިކަންތަށް ކުރެވުނީ ﷲއަށް ވަކީލުކޮށް އެކަލާނގެއަށް ދެންނެވެމުން ކަމުގައިވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. [އަހަރެން މިބުރަ ކޮނޑުގައި ބާއްވައިގެން އުޅޭތާ އެތައް އަހަރެއްވީއެވެ. އެހެނަސް ﷲއަށް ވަކީލުކޮށް މިކަން ހާމަކުރުމުން، ﷲ މިވަނީ މިއަޅާއަށް މިކަމުން ނިކުންނާނޭ މަގު ފަހިކޮށްދެއްވާފައެވެ.]

އަދި އޭނާވަނީ އޭނާގެ މަންމައަށް ހެޔޮދުޢާ ކޮށްދިނުމަށް އެންމެންގެ ކިބައިން އެދިފައެވެ. [އެންމެހާ އެކުވެރިންނެވެ. ތިޔަބައިމީހުންގެ އިޚްލާޞްތެރި ދުޢާގައި އަޅުގަނޑުގެ މަންމަ ހިނމަނާދެއްޗޭ! ކޮންމެވެސް ދުވަހަކުން މަންމައަށް ﷲ ހިދާޔަތް ދައްކަވާފާނެތެވެ. އިރާދަ ކުރެއްވިއްޔާﷲ ތިބާ ކުރާ ހެޔޮޢަމަލަށް ފުރިހަމަ ޖަޒާދެއްވާނެވެ.]

އަސަރުން ފުރިގެންވާ މިޓްވީޓްތައް 3000ހަށްވުރެ ގިނަފަހަރު ޝެއަރ ކޮށްފައިވާއިރު، 8600އަށްވުރެ ގިނަ ލައިކާއި ޕޮސިޓިވް ރިއެކްޝަންތަށް ލިބިފައިވެއެވެ. އަދި އެތައްބަޔަކު ގެންދަނީ އަޔޫޝަށް މަރުހަބާއާއި ތަހުނިޔާކިޔާ ހިތްވަރުދެމުންނެވެ.

މިއީ ވަރަށް އަސަރު ގަދަ ވާހަކަ އެކެވެ….
ނުނިމޭ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.