
ކައްބިން
ކަށްބިން
އާދަމް ނަޞީރު ޢަލީ (ތަންޒީލް ނަސީރު)
މުސްލިމުން އެކި ބިންތަކުގަ ވޭނާ އެކީގައި ނިމި ދަނީ
ގިސްލަމުން ބަނޑުހައިކަމާއެކު މަރުވެ ކަށްބިމަކަށް ވަނީ
ހިއްސު ކެނޑިފާ މުސްލިމުން ތިބުމުން ބަލަން ޙައިރާންވަނީ
ސިއްކަޖެހި ހިތް ބަންދުވީބާ ދުނިޔެއަށް މަ މި މަރުދެނީ
މަސްތުކުރުވައި ޙައްޤުދޭން ހުޅަނގުންއަރައި އިނދަޖައްސަނީ
މިސްކިތާ ގެދޮރާ މުދާތައް ބޮންތަކުން އެ ފުނޑާލަނީ
ހުސް ޢަދުއްވުން މުސްލިމުން ނޫންނަމަ މިދީނާ މެެދުވަނީ
ހުސް ޢަދުއްވުން މުސްލިމުން ނޫންނަމަ މިދީނާ މެެދުވަނީ
ޗިސްވެފައި ގުނަވަން ތަކާ ހަށިތައް ޤަޥްމުގަ ވަނީ
މުސްލިމުުންނަމަ ޤަޥްމުތައް އެކުއެކުގަ ކަށްބިމަކަށް ވަނީ
…………………………………………………………..
ރައްބަނާ ޔާރައްބަނާ މުސްލިމް އަޚުންނާ އުޚްތުނަށް
ރުއްސަވާ އަދި ފުއްސަވާ ދެއްވާނދެ ނަޞްރެއް ދާއިމަށް
…………………………………………………………..
24 ފެބްރުއަރީ 2018