ތިބާ ނުވަންނަން އުޅުނަސް މިސްކިތައް ވެއްދޭނެއެވެ.

”އޭ ނަމާދު އަޅާ މީހާއެވެ! ތިބާގެ މައްޗަށް ނަމާދު ކުރެވުމުގެ ކުރިން ނަމާދު ކުރާށެވެ!“

މީ ވަރަށްގިނައިން ސޯޝަލް މީޑިއާ ގްރޫޕް ތަކުގައި ދައުރުވާތީ ފެންނެ ވާހަކައެކެވެ. އިންސާނުން ވާހަކަދައްދާއުޅޭ ގިނަބަސްބަހަކަށް މި ޢިބާރާތް ތަރުޖަމާކުރެވި، މި މެސެޖް ދައުރުވަމުން އަންނައިރު، މީގައި މިވާ ވާހަކައާއިމެދު ފުންކޮށް ވިސްނާލީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންބާއެވެ. ގޭގޭގެ ފާރުފާރުގައިވެސް މިމެސެޖް ލިޔެފައި ހުއްޓާފެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
Inguraidhoo Enlightenment
https://www.ungoofaaru.com/7076 ފައިލް ފޮޓޯ

އިއްޔެ އަހަރެން ރައްޓެއްސަކާއިއެކު ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު އަނބުރާ އައުމުގެކުރިން ދެމީހުން ދިޔައީ ރައްޓެހިމީހާގެ ގޭކައިރީ ހުރި މިސްކިތަށެވެ. ނަމާދުކޮށް އަވަދިވެގެން ބޭރަށް ނިކުމެ ސަލާން ގަލާންވެސް ކޮށްނިމުނުފަހުން، މީނާ އަހުރެން ގާތު ބުނަނީ ”އޭ އަދި އެބަ އޮތޭ އެއްވާހަކަ. އެއީ ވަރަށްކުޑަ ވާހަކައެއް އެކަމަކު ޢިބުރަތުން ފުރިގެންވާ ވާހަކައެއް.“ އަހަރެންވެސް ކުޑަ ކޮޗެއް ކަނޑާލާފައިބުނީ ”ދުނިޔެ ހުސްވިޔަސް ވާހަކަ ހުސްވާނެހޭ!“

އޭނަ އަހަރެން ގާތުބުނީ ސޯޝަލް މީޑިއާ ގްރޫޕް ތަކުގައި ދައުރުވާކަމަށް ކުރިން ބުނި ޢިބާރާތެވެ. އަދި މިސްކިތުގެ ދޮރާ ދިމާއަށް އަތް ދިއްކޮށްލަމުން ”އިއްޔެ މިހިރަ ދޮރުން މީހަކުގެ ޖަނާޒާ ވެއްދި އިރު މަވެސް އެތާ ހުރިން، ދެން ޖަނާޒާގެ ކަންކަން ނިމުމުން އަހަރެން ހިތައްއެރީ އެ ޕޯސްޓު ތަކުގައި އެވާވާހަކައިގެ ތެދުކަން.“ ބުންޏެވެ.

އޭނާ އިތުރަށް ކިޔައިދިނީ ޖަނާޒާ ކުރީ މިސްކިތުގެ ވާތްފަރާތުުގަ މިއޮންނަ ހުސްތަނުގައި ކަމުގައެވެ. އޭރު އޭނަ އެތަނަށް އިޝާރާތް ކުރަމުން އަހަންނަށް ދެއްކީ އެބުނާ ހުސްބިމަށް ނިކުމެވޭގޮތަށް މިސްކިތުން ކަނޑާފައިވާ ދޮރެކެވެ. އޭނާ ބުނިގޮތުގައި މިސްކިތުގެ މައިދޮރާށިން މައްޔިތާ ވައްދާފައި އެދިޔަގޮތަށް ގެންގޮސް މިބުނާ ވާއަތުފަރާތުގައި ހުރި ދޮރުން ނެރުނީއެވެ. އިތުރު އެއްވެސްކަމެއް ގަބުރަކަށް ނުކުރެއެވެ.

ދެން އަހަރެން އެތަނަށް ރަނގަޅަށް ބަލާލީމެވެ. އެހުސްބިމަށް ޖަނާޒާ ގެންދާކަށް ކޮންމެހެން މިސްކިތު ދޮރުން ވައްދާކަށް ނުޖެހޭނެއެވެ. އެހުސްބިމުގައި އެއްވެސް އިންފާރެއް ލާފައެއް ނެތެވެ. މިސްކިތު ތެރެއަށް ވައްދާ އަނެއް ދޮރުން ނެރުމަށްވުރެ އުފުލާ ބަޔަކަށްވެސް ސީދާ ހުސްބިމަށް ސަންދޯއް ގެންދަން ފަސޭހަވާނެއެވެ. އަހަރެންނަށް އޭނާއާ ދިމާލަށް ބަލާލާފައި ބޯޖަހާލެވުނެވެ.

ދެން އޭނާބުނީ ”މިސްކިތަށް ނުވަދެ ކިތަންމެ ދުވަހަކު އުޅުނަސް، ކޮންމެސް ދުވަހަކުން މިސްކިތައް ވައްދާނެއެވެ.“ މިހެންނެވެ.

އޭނާ އެބުނީ ވަރަށްވެސް ބޮޑު ތެދެކެވެ. ޖަނާޒާ އެވަނީ މިސްކިތަށް ވައްދާފައެވެ.

 

އޭ މުސްލިމް އަޚާއެވެ! އޭ މުސްލިން އުޚްތާއެވެ! ނަމާދުކުރުމަށް އަވަސްވެގަންނާށެވެ! އެއީ ހަމައެކަނި ތިބާގެ މަންފާއާއި ލާބަޔަށްޓަކައެވެ!

 

މިލިޔުމާ ގުޅުންހުރި ލިޔުމެއް ނޫރުލްއިސްލާމް ވެބްސައިޓުގައި ޝާއިޢު ކޮށްފައިވެއެވެ. އެއީ ތިބާ މިސްކިތަށް ވެއްދޭނެއެވެ… މިލިޔުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.